މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އެލާރޓް

ރާއްޖެގައި މިހާރު ބޭނުން ކުރަމުންދާ ޑިނަޕްރޮސްޓޯން (Dinoproston gel) ގެ ބްރޭންޑެއް ކަމަށްވާ  ޕްރިމިޖިން (Primigyn) ޖެލްގެ ބާރު  ދަށްކަމުން އެބޭސް ބޭނުންކުރުމުން އެއިން އަސަރު ކުރާ މިންވަރު ދަށްވެ ބޭސް ބޭނުންކޮށްގެން ނެރެން ބޭނުންވާ ނަތީޖާ ހާސިލު ނުކުރެވޭ ކަމުގެ ޝަކުވާ، ޑަކްޓަރުންނާއި ޞއްޙީ ޚިދުމަތް ދޭ އެހެނިހެން ފަރާތްތަކުން މިއޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ،މި ބޭހާބެހޭ މަޢުލޫމާތާއި ފަންނީ ލަފާގެ މައްޗައް ބިނާކޮށް، ޕްރިމިޖެލް ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ހުރިހާ ޞިއްޙީ ޚިދުމަތް ދޭ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އަދި މި ބޭސް ބޭނުން ނުކުރުމަށާއި، ނުވިއްކުމަށް އެންގުމަށްޓަކައި އާންމުކޮށް އިޢުލާން ކުރީމެވެ.

07 އޭޕްރިލް 2013
ހޯދާ