ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދުބާއީ ބައިނަލް އަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ދުުބާއީގައި 1437 ވަނަ އަހަރު ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ވަނީ ހަމަޖެހިފައވެ. އަދި 01 ޖޫން 2016 އަށް 14 އަހަރު ނުފުރޭ ކުއްޖަކުނަމަ އެކުގައި ވަޑައިގަންނަވާނެ ބޭފުޅަކަށްވެސް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައިވެރިވުމުގެ ޝަރުޠު

  1. ޤުރްއާން އެއްކޮށް ހިތުދަސް ފިރިހެނަކު ކަމުގައިވުން.
  2. 01 ޖޫން 2016 އަށް 25 އަހަރު ފުރިފައިނުވުން.
  3. މި މުބާރާތުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ