އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ސިޓީ ބުސްތާނުން ދަނޑުގޮވާމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އައްޑޫސިޓީ ކައުންސިލާ ގުޅިގެން އައްޑޫސިޓީ ހިތަދޫ އަވަށުގައި ޤާއިމުކުރެވިފައިވާ ސިޓީ ބުސްތާނުން ދަނޑުގޮވާމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާތީ މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ. ބިމުގެ ކުއްޔަށް އަކަފޫޓަކަށް 03/- ރުފިޔާގެ ރޭޓުން ކޮންމެ ގޭބިސީއަކަށް 2500 އަކަފޫޓުގެ 01 (އެކެއް) ބިން ދޫކުރެވޭނެއެވެ.

ވީމާ، ދަނޑުގޮވާމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ