މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އިނާމު 2015 އަށް ނަން ހުށަހެޅުން

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2015 އަށް ނަން ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2015 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 1 މާރިޗު 2016 އިން ފެށިގެން ހުޅުވައިލައިފީމެވެ.

މިއިނާމު ދިނުމަށް ކަނޑައަޅާފައިވަނީ އަންނަނިވި ހަތް ދާއިރާއިންނެވެ.

  1. އިޖުތިމާޢީ ދާއިރާ
  2. ސިޔާސީ ދާއިރާ
  3. ކޯޓާއި ޝަރުޢީ ދާއިރާ
  4. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
  5. ކުޅިވަރުގެ ދާއިރާ
  6. ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ
  7. ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ

ދައުލަތުގެ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާގެ ވަސީލަތެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް މި އިނާމަށް ކުރިމަތިލެވިދާނެއެވެ. އަމިއްލަ ފަރުދަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން މި އިނާމަށް ހުށަހެޅިދާނެއެވެ.

މި އިނާމަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2015" ފުރިހަމަކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކުގައެވެ.

"ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2015" އާއި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގަވާއިދު 2015" އާއި މާކްސް ދިނުމުގައި ބަލާނެ މައިގަނޑު މިންގަނޑުތައް އެކުލެވޭ "ޖަދުވަލު 1 އަދި ޖަދުވަލު 2" މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ، މި އިނާމަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 20 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނަށް ނުވަތަ 3003886 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބޭނެއެވެ.

19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016
ހޯދާ