މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން އިޤުތިޞާދީ ބޭނުމަށް، ރަށްރަށުން ބިން ދޫކުރުން

މި މިނިސްޓްރީގެ ނަންބަރު: (IUL)138-DS1/426/2016/06 (14 ފެބުރުއަރީ 2016) ގެ އިޢުލާނު ބާޠިލުކުރެވިފައިވާތީ "ބިންވެރިކުރުވުމުގެ ޕްރޮގްރާމް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.

ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ، ރާއްޖޭގެ ރަށްރަށުގެ ބިންތައް އެކިއެކި އިޤުތިޞާދީ ކަންކަމުގައި، ވިޔަފާރި އުސޫލުން މުޢާމަލާތްކޮށްގެން، އިތުރު އާމްދަނީއާއި ވަޒީފާ ހޯދޭނޭ މަގުތައް ފަހިކޮށްދީ، ރަށްރަށުގައި އިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ބިން، ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން ނުވަތަ ބިން ވިއްކުމުގެ ސިޔާސަތުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދު "މިނިސްޓްރީތަކާ ހަވާލު ކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތް ކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީން، ރަށްރަށުން  އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ބިން ދޫކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް މިހާރު ވަނީ ފެށިފައެވެ.

"ބިންވެރިކުރުވުމުގެ ޕްރޮގްރާމް" މި ޕްރޮޖެކްޓްގެ ދެވަނަ ބުރުގައި ހިމެނިފައިވާ ރަށްރަށުން (ހއ. ދިއްދޫ، ހދ. ކުޅުދުއްފުށު، ހދ. ހަނިމާދޫ، ނ. ވެލިދޫ، ބ. އޭދަފުށި، ބ. ތުޅައިދޫ، ކ. ތުލުސްދޫ، ދ. މީދޫ ) ދޫކުރެވޭ ބިންތަކާބެހޭ މަޢުލޫމާތު ޝީޓް ( ޕްރޮޕޯސަލް ހުށަހަޅަންވީ ގޮތާއި މިކަމަށް ތައްޔާރުކުރެވިފައިވާ ފޯމާއި، ޕްރޮޕޯސަލްތަކަށް މާރކްސް ދެވޭނޭ ގޮތް އަދި މިނޫންވެސް އިތުރު މަޢުލޫމާތު) 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓު (www.housing.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، އާމްދަނީ ލިބޭނޭ ވަސީލަތެއްގެ ގޮތުގައި، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ބޭނުންކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި (މެންދުރު 1:00 އަށް) ޕްރޮޕޯރސަލް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. އަގު ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި  "ބިންވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން، ރަށްރަށުން ދޫކުރާ ބިން ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

ހަމަޖެހިފައިވާ ގަޑީގެ (31 މާރިޗު 2016  ވާ ބުރާސްފަތި ދުވަހުގެ 13:00) ފަހުންނާއި އޭގެ ކުރިން ގެންނަ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މި މިނިސްޓްރީއިން ދޫކުރާ ފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށަހަޅުއްވާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލްތައް ބާޠިލު ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004112 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 112 އާ، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

03 ފެބުރުވަރީ 2016
ހޯދާ