މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ނެޝަނަލް ޔޫތު ކައުންސިލަށް މެމްބަރުން ހޮވުން

އިޢުލާން

ނޭޝަނަލް ޔޫތު ކައުންސިލަށް މެންބަރުން ހޮވުން

"ނެޝަނަލް ޔޫތް ކައުންސިލް" ގެ މައިގަނޑު ބޭނުމަކީ މިނިސްޓްރީން ކުރެވޭ މަސައްކަތްތައް، ޒުވާނުންނާ ރަޙްމަތްތެރި މަސައްކަތްތަކަކަށް ހެދުމަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހެދިފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަޒީރަށް ލަފާދިނުމެވެ. ޒުވާނުންގެ މެދުގައި ދިމާވެފައިވާ މައްސަލަތަކާމެދު މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދާނެ ގޮތްތަކާމެދު މަޝްވަރާކުރުމާއި، ޒުވާނުން އިޤްތިޞާދީގޮތުން ބާރުވެރިކުރެވޭނޭ ގޮތްތައް ވަޒީރަށް ހުށަހެޅުމެވެ. އަދި ޒުވާނުންގެ ދާއިރާގައި ޙަރަކާތްތެރިވާ ކްލަބް، ޖަމުޢިއްޔާތަކާއި، ޖަމާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކޮށް ، ޒުވާނުންނަށް، ޤައުމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ޒުވާނުންގެ ވަޒީރަށް ލަފާދިނުމެވެ. ވީމާ، މިކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޝަރުޠުތައް

- ދިވެހި ރައްޔިތެއްކަމުގައިވުން.

- އުމުރުން 18 އަހަރާއި 35 އަހަރުގެ ރައްޔިތެއްކަމުގައިވުން.

- ސަރުކާރުން އެކުލަވައިލައްވާފައިވާ އެއްވެސް މުއައްސަސާއެއްގެ ބޯޑު މެންބަރު، ކޮމިޝަން، ކައުންސިލް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކަމުގައިނުވުން. 

- ސިޔާސީޕާޓީއެއްގެ މަޤާމެއް ނުވަތަ ނުވަތަ ސިޔާސީ މަގާމެއް އަދާކުރާ މީހެއްކަމުގައި ނުވުން.

- ޒުވާނުންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށްވުން.

ނޯޓު: މެމްބަރަކު އައްޔަންކުރުމުގައި ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަމެއް ދެވޭނެއެވެ.

ކައުންސިލުގައި ތިބޭ މެންބަރުންގެ އަދަދު

- ޒުވާނުންގެ ތެރެއިން ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ އެކަށީގެންވާ 7 ފަރާތެއް.

- ޔޫތު މިނިސްޓަރގެ ފަރާތުން އައްޔަންކުރައްވާ 2 ފަރާތެއް.

ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތު

- ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ލަފަޔާއި އިރުޝާދު ދިނުން.

- ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ޒުވާނުންނަށް ދިމާވާކަންކަން ދެނެގަނެ، އެކަންތައްތަކާއި މެދު ޚިޔާލުބަދަލުކޮށް އެކަންތައްތަކަށް ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މަޝްވަރާ ދިނުން.

- ޒުވާނުންނަކީ ޤައުމީ އެއްބައިވަންތަކަމާއި، ޢިޖްތިމާޢީ ހަމަޖެހުމާއި، އިސްލާމީ ޢަޤީދާ އަދި ޤާނޫނާއި ގަވާއިދަށް އިޙްތިރާމުކުރާ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީ ލަފާދިނުން.

- ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކްލަބް، ޖަމްއިއްޔާ، ޖަމާޢަތްތަކުގެ މެދުގައި މެދުނުކެނޑި ކުރިއަށް ގެންދެވޭ ފަދަ ގާތްގުޅުމެއް އުފައްދައިދިނުމުގެ ގޮތުން މަސައްކަތްކުރެވިދާނެ ގޮތްތައް ހޯދައި، އެކަންކަން ކުރުމުގެ ލަފަޔާއި އިރުޝާދުދިނުން.

- ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި ޒިންމާދާރު ބައެއްގެގޮތުގއި ހެދުމަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ޒުވާނުންގެ ސިޔާސަތާ ބެހޭގޮތުން ލަފަޔާއި އިރުޝާދުދިނުން.

- ޒުވާނުންނަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތައް ދެނެގަންނަން މަސައްކަތްކޮށް އެފަދަކަންކަން ހައްލުކުރުމަށް މަޝްވަރާދީ، އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

- ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރާއްވަވާ މަޝްރޫޢުތަކާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ހިމެނުމަށް މަޝްވަރާދިނުން.

- ދިވެހި ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ފަސޭހަތައް ހޯދައި ދިނުމުގައި ޒުވާނުންގެ ވުޒާރާއިން ހިންގާ ޕްރޮގުރާމްތަކާ ބެހޭ ގޮތުން ލަފާދިނުން.

-  ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކުރުމުގައި ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މިނިސްޓަރއަށް ލަފާދިނުން.

ހުށަހަޅަންޖެހޭ ތަކެތި

- އިޢުލާނާ ޙަވާލާދީ، ޒުވާނުންގެ ޤައުމީ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުރި ޝައުޤުވެރިކަން އަންގައިދޭ ސިޓީ.

-  ޕްރޮފައިލް

- ޒުވާނުންގެ ދާއިރާގައި ނުވަތަ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާކަމުގެ ތަޖުރިބާ އަންގައިދޭ ލިޔުން

- ދާއިރާއިން ހިލޭސާބަހަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ރެފަރަލް ލިޔުންތައް.

- ނެޝަނަލް ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ބޭނުން ނުވަތަ ސަބަބު (ދެ ސަފުހާއަށް ވުރެ ދިގުނޫން)

ސުންގަޑި

2016 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މާފަންނު ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3332069/3313912 ނަންބަރު ފޯނަށެވެ.

13 ޖުމާދަލްއޫލާ 1437

 

22 ފެބުރުވަރީ 2016
ހޯދާ