ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓަންޓް އިންޖިނިއަރ (ސިވިލް)

މަޤާމު:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

 -/7500 ރ. އާއި -/8100 ރ އާ ދެމެދު

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ % 30

ސަރވިސް އެލަވަންސް:

މުސާރައިގެ % 20

ޙާޒިރީ އެލަވަންސް:

މުސާރައިގެ % 50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

  • ސިވިލް އިންޖިނިއަރިން ނުވަތަ ކޮންސްޓްރަކްޝަން މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން
  • ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

ފެންވަރު ނުވަތަ ޝަރުޠު:

ޑިވިޜަންގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަނުގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވައި ހިންގުން، އެގޮތުން:

  • ފަންނީގޮތުން ޕްރޮޖެކްޓްތައް ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭނާ އެއްގޮތަށްތޯ ބަލައި މޮނިޓަރ ކުރުން
  • ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސައިޓުތަކަށް ދަތުރު ކުރުން
  • ހުރިހާ ސްޓޭކްހޯލްޑަރުންނާއި  ކޯޑިނޭޓްކުރުން
  • ފަންނީ ރިޕޯޓުތައް ފެނަކަ ކޯޕަރޭޝަންގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އެކުލަވައިލުން
  • މަސައްކަތް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރުންގެ މަސައްކަތް ފަންނީ މިންގަނޑުތަކަށް ފެތޭތޯ ބަލައި މޮނިޓަރ ކުރުން
  • ރޭވިފައިވާ މަޝްރޫޢުތަކުގެ ސްޓްރަކްޗަރަލް ޑިޒައިން ކުރުން
  • ސުޕަވައިޒް ކުރުމުގައި ސްޓޭކްހޯލްޑަރުންނަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާއެރުވުން
  • ޑިވިޜަންގެ އެންމެއިސް ފަރާތާއެކު ފަންނީ ރިޕޯޓުތައް ތައްޔާރު ކުރުމަށް އެހީތެރިވުން
  • ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ޑިވިޜަންގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން

މަސްއޫލިއްޔަތުތައް:

  • ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން
  • ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު
  • ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލުކަން
  • އަމިއްލައަށް އިސްނެގުމާއި ތަފާތު ޚިޔާލުތަކުގެ މީހުންނާއެކު މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން

އެހެނިހެން ހުނަރު:

ޑްރާފްޓްސްމަން

މަޤާމު:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

-/4590 ރ. އާއި -/5440 ރ އާ ދެމެދު

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ % 30

ސަރވިސް އެލަވަންސް:

މުސާރައިގެ % 20

ޙާޒިރީ އެލަވަންސް:

މުސާރައިގެ % 50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

  • ސެޓުފިކެޓު ލެވެލް 4 ހާސިލު ކޮށްފައިވުން ( ގުޅުންހުރި ދާއިރާއަކުން)
  • ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖުރިބާލިބިފައިވުން

ފެންވަރު ނުވަތަ ޝަރުޠު:

ޑިވިޜަންގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަންގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވައި ހިންގުން، އެގޮތުން:

  • އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ޑްރާފްޓްކުރުން
  • ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނަލައިޒް ކުރުން
  • ހަވާލު ކުރެވޭ މަޝްރޫޢުތަކުގެ 'އޭޒް ބިލްޓް' ކުރެހުން ހެދުން
  • ގުޅުން ހުރި މަސައްކަތްތަކާ ގުޅޭ ރިޕޯޓު ތައްޔާރުކުރުން
  • ޑިވިޜަންގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން

މަސްއޫލިއްޔަތުތައް:

  • ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން
  • ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު
  • ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލުކަން
  • އަމިއްލައަށް އިސްނެގުމާއި ތަފާތު ނަސްލުތަކުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވުން

އެހެނިހެން ހުނަރު:

ކުއަންޓިޓީ ސާރވެޔަރ

މަޤާމު:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

-/4590 ރ. އާއި -/5440 ރ އާއި ދެމެދު

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ % 30

ސަރވިސް އެލަވަންސް:

މުސާރައިގެ % 20

ޙާޒިރީ އެލަވަންސް:

މުސާރައިގެ % 50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

  • ކޮސްޓް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން އިކޮނޮމިކްސް އިން މާސްޓަރސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން
  • ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

ފެންވަރު ނުވަތަ ޝަރުޠު:

ޑިވިޜަންގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަންގައި ކުރެވޭ މަސައްކަތްތައް ރާވައި ހިންގުން، އެގޮތުން:

  • މަޝްރޫޢުތަކަށް ބޭނުންވާ ބިލް އޮފް ކުއަންޓިޓީއާ ބިލް އޮފް މެޓީރިއަލްސް ހެދުން
  • ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރި މަޝްރޫޢުތަކުގެ ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުން
  • މަޝްރޫޢުތަކަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުން
  • އެއިރެއްގެ ޑީމާންޑަށް ބަލައި މަސައްކަތާ ގުޅުން ހުރި މާރކެޓް އެނަލިސިސް ހެދުން
  • ޖެހިއްޖެ ހިނދެއްގައި ސައިޓުތަކަށް އިންސްޕެކްޝަން ދަތުރު ކުރުން
  • މަޝްރޫޢުތަކަށް ބޭނުންވާ ޕްރިލިމިނަރީ އަދި ޓަރގެޓް އަގު ހެދުން
  • ޖެނެރަލް ޑްރާފްޓިންގ
  • ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސާރވޭކޮށް މަޝްރޫޢު މޮނިޓަރ ކުރުން
  • ޑިވިޜަންގެ އެންމެ އިސްފަރާތަށް މަޝްރޫޢުތަކުގެ އަޕްޑޭޓް ފޯރުކޮށްދިނުން
  • މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުނފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވައިލުން
  • ޑިވިޜަނާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން

މަސްއޫލިއްޔަތުތައް:

  • ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން
  • ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު
  • ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލުކަން
  • އަމިއްލައަށް އިސްނެގުމާއި ތަފާތު ނަސްލުތަކުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވުން
  • އެމް. އެސް އޮފިސް އެޕްލިކޭޝަން، އީމެއިލް/އިންޓަރނެޓް ބޭނުންކުރަން އެނގުން
  • ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުން ހުރި ސްޓޭންޑަރޑް ސޮފްޓް ވެއަރ ބޭނުން ކުރަން އެނގުން

އެހެނިހެން ހުނަރު:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 16:00 އަށް ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 07 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސްދުވަސް ހަމަވެފައި ނުވާ ޕޮލިސް ރިޕޯޓު ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް:   [email protected]

 19 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ