މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 އިޢުލާން

 މި މިނިސްޓްރީގެ ތިރީގައިވާ މަގާމަށް އިޢުލާން ކުރަމެވެ.

01. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

110733

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ފެއަރ ޓްރޭޑް ސެކްޝަން / ކޮންސިއުމަރ ޕްރޮޓެކްޝަން ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ކޮންސިއުމަރ ޕްރޮޓެކްޝަނާ ގުޅޭ ހުރިހާ މައްސަލަތަކެއް ބަލައިގަތުން
  2. އަސާސީ މުދަލުގެ އަގުތަކުގެ ހަފުތާ ރިޕޯޓު އެހަފުތާ ނިމުމުގެ ކުރިން ތައްޔާރުކުރުން.
  3. ރަށް ރަށުން ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ކަނޑައަޅައި ފޮނުވުމުން އެއަގުތައް 1 ހަފުތާގެ ތެރޭގައި ފާސްކޮށް ނިންމުން.
  4. ސެކްޝަންގެ ފަރާތުން ބާއްވާ ވޯކްޝޮޕްތައް ބެއްވުމަށް ކަނޑައަޅާ ތާރީޚުތަކަށް ނިންމުން.
  5. ފިހާރަތައް އިންސްޕެކްޓް ކުރަންޖެހޭ ފަދަ ރިޕޯޓެއް ލިބިއްޖެނަމަ އެތަން 1 ދުވަހުގެ ތެރޭގައި އިންސްޕެކްޓްކޮށް ނިންމުން.
  6. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ލޯ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ލޯ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

02. މަޤާމު

ސީނިއަރ އިކޮނޮމިކް އެފެއާޒް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

150007

މަގާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރައާއި އިނާޔަތްތައް

 

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން / ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. މިނިސްޓްރީގެ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ފިނޭންސް އަށް ފޮނުވުމުގެ ގޮތުން ސެކްޝަންތަކުން ބަޖެޓް ހޯދައި ލަފާކުރާ ބަޖެޓް ނިންމައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުން
  2. ކޮންމެ އަހަރެއްގެ މާލީ ބަޔާން ތައްޔާރުކުރުން
  3. އޮފީހުގެ ޕްރޮކިއުމަންޓްގެ މަސައްކަތް ކުރިއަށް ގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން
  4. ފައިސާ ޚަރަދު ކުރުމާއި، ފައިސާ ބަލައިގަތުމާއި، ފައިސާ ޖަމާކުރުމާއި، މިކަންކަންކަމާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތަކާއި، ބަލަހައްޓަންޖެހޭ ލިޔެކިއުންތައް މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށާއި، ބެލެހެއްޓުމަށް ހަވާލުވެ ތިބި މުވައްޒަފުންލައްވާ ކުރުވަންޖެހޭ ކަންތައް ކުރުވައި ބެލެހެއްޓުމާއި SAP ޕޯސްޓިންގ
  5. ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދިއުން އިތުރަށް ހަރުދަނާ ކުރުމުގެ SOP ހަދައި އިންޕްލިމެންޓްކޮށް، އެހެން ޔުނިޓުތަކަށް އެންމެ ލުއި ފަސޭހަކޮށް ފިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓާ އެއްކޮށް މާލިއްޔަތު ގަވާއިދާ އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖެއްސުން
  6. މިނިސްޓްރީގެ ބަޖެޓާއި ބޭރުން އަންނަ ޕްރޮޖެކްޓްސްގެ ފައިނޭންސް ބައި ބެލެހެއްޓުން
  7. ޔުނިޓުގެ މަސައްކަތް މޮނިޓަރކޮށް މުވައްޒިފުންގެ މަސައްކަތް ސުޕަވައިޒްކުރުން
  8. ޓެންޑާ އެޖެންސީ ކޮމިޓީގެ ސެކްރެޓަރީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އިދާރީ ހުރިހާ ކަމެއް ކުރުން
  9. އިންވެންޓްރީ ކަންތައްތައް ގެންދާ ގޮތްތައް ބަލައި ސުޕަވައިޒްކުރުން
  10. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. ފައިނޭންސް/ ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް/ އިކޮނޮމިކްސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ފައިނޭންސް/ ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް/ އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ފައިނޭންސް/ ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ފައިނޭންސް/ ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް/ އިކޮނޮމިކްސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

03. މަޤާމު

ސީނިއަރ ލޭބަރ ފިސަރ

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

256967

މަގާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 2

މުސާރައާއި އިނާޔަތްތައް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލޭބަރ އެންޑް އެމްޕްލޯއިމަންޓް / ލޭބަރ މާކެޓް އިންފޮމޭޝަން އެންޑް އެމްޕްލޯއިމަންޓް ސާވިސަސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން އިތުރުކުރުމުގެ ގޮތުން މަސައްކަތަށް އަހުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމުތަކުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  2. ރާއްޖޭގައި އެމްޕްލޯއިމަންޓް އެޖެންސީތައް ހިންގަމުންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން
  3. ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާބެހޭ ކަންތައްތައް ކުރުން
  5. ވަޒީފާގެ ބަޒާރާބެހޭ ތަފާސްހިސާބު ހެދުން
  6. ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމާބެހޭ މަސައްކަތްތަކާއި ޤާބިލް މީހުން އުފެއްދުމަށްޓަކައި ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންއާ ގުޅޭގޮތުން ކުރަންކެޖޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން
  8. ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސްޓެޓިސްޓިކްސް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސްޓެޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސްޓެޓިސްޓިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސްޓެޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ  [email protected]   އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

 އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ