އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ކާޑުގުދަނުގެ ގޯތިތެރޭގައިވާ ގުދަން ކުއްޔަށް ދޫކުރުމާބެހޭ

ފެންފުށީ ސްކޫލުގެ ގޯތީގެ ހުޅަނގުފަރާތު މި ކައުންސިލްގެ ކާޑު ގުދަން ހިމެނޭ ބިމުގައި ޓިނުން އިމާރާތްކުރެވިފައިވާ 5000 އަކަފޫޓު (100 ފޫޓު ދިގު 50 ފޫޓު ފުޅާ އަދި 20 ފޫޓު އުސް) ގުދަން މީލާދީ 5 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިގުދަނުގައި ދިވެހިރާއްޖޭގައި ހެދިފައިވާ ގަވާއިދުތަކާ ޤާނޫނުތަކާ ޚިލާފުނުވާ ކޮންމެ ބާވަތެއްގެ މުދާ ރައްކާކުރެވިދާނެއެވެ. ގުދަން ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުންނެވެ. މިސިޓީގައި މީލާދީ މަހަކަށް ގުދަނަށް ހުށަހަޅުއްވާ ކުލި ބަޔާންކުރައްވަންވާނެއެވެ. އަދި މިސިޓީ އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް މިކައުންސިލްގެ އިދާރާއަށް އެޑްރެސްކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ގުދަން ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ގުދަން ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވަނީ އަމިއްލަ ފަރާތަކުންނަމަ ސިޓީއާއެކު އެފަރާތެއްގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަދި ގުދަން ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވަނީ ކުންފުންޏަކުންނަމަ އެކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅުއްވަންވާނެއެވެ.

ގުދަން ކުއްޔަށް ހިފުމަށް އެދޭ ސިޓީ ހުށަހަޅާ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިގުދަން ކުއްޔަށް ހިއްޕެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2016 ވާ އަންގާރަދުވަހުގެ 13:00 އަށް މިގުދަން ކުއްޔަށް ހިއްޕެވުމަށް ހުށަހަޅުއްވާ އަގު ބަޔާންކޮށް ސިޓީއެއް ހިއްޕަވައިގެން މިކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެންދެއްވުން އެދެމެވެ.   

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ