ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ 31ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

2016 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުމުގެ 31ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

(ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ 4 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ/ ކޮލެޖު)
  3. އަމިއްލަފަރާތްތަކުގެ ބައި

(ށ) އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ 3 އުމުރުފުރާގައެވެ. އެއީ 13 އަހަރުންދަށް، 13 އަހަރާއި 16 އަހަރާ ދެމެދު އަދި 16 އަހަރާއި 21 އަހަރާ ދެމެދެވެ. މި ބައިގައި ބައިވެރިކުރެވޭނީ ކޮންމެ އުމުރުފުރައަކުން ގިނަވެގެން 7 ދަރިވަރުންނެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިކުރަންވާނެއެވެ.

(ނ) މަތީ ތަޢުލީމުގެ ބައި ހުޅުވާލެވިފައިވަނީ ޔުނިވަރސިޓީ / ކޮލެޖުތަކަށެވެ. މި ބައިގައި ބައިވެރިކުރެވޭނީ ގިނަވެގެން 5 ދަރިވަރުންނެވެ. މަދުވެގެން 3 ދަރިވަރުން ބައިވެރިކުރަންވާނެއެވެ.

(ރ) އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރާއެއްގައެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާގަޔާއި 18 އަހަރުން މަތީގެ އުމުރުފުރާގައެވެ.    

(ޅ) މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2016 މާރިޗު 31 ވަނަ ދުވަހުއެވެ.

(ކ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ ދިހަ ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

(އ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސުގެ އަސްލާއެކު އޭގެ ނަކަލު، 2016 މާރިޗު 14 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އެކެޑަމީއަށް ހުށަހަޅަންވާނެއެވެ.

(ވ) މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު އަދި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3345284 އިން ލިބޭނެއެވެ.

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ