ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ޕަބްލިކް ލެކްޗަރ :'wealth planning and management'

އިޢުލާން

މި އޮތޯރިޓީން އިންތިޒާމުކޮށްގެން "ވެލްތު ޕްލޭނިންގ އެންޑް މެނޭޖްމަންޓް" ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން އިސްލާމިކް ފައިނޭންސާބެހޭ ލެކްޗަރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ލެކްޗަރ އޮންނާނީ 6 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ން 12:00 އަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހޯލުގައެވެ. ހިލޭ ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ މި ޕަބްލިކް ލެކްޗަރ ދެއްވާނީ އިނގިރޭސި ބަހުންނެވެ.

މި ލެކްޗަރުގައި މަޢުލޫމާތު ދެއްވާނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF) ގެ ލެކްޗަރަރ ޑރ.ޝެއިޚް ހަމްޒާ ބިން ޢަބްދުއްރައްޒާޤު އެވެ.

ވީމާ، މި ޕަބްލިކް ލެކްޗަރުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ގުޅޭނެ ފޯނު ނަންބަރާއެކު، 2016 މާރިޗު 03 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެހަށް ([email protected]) އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014112 ފޯނަށް ގުޅުއްވުން އެދެމެވެ.

15  ޖުމާދަލްއޫލާ 1437

 

 

24 ފެބުރުވަރީ 2016
ހޯދާ