މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ޓްރޭނިންގތަކާއި ވަރކްޝޮޕްތައް ބާއްވާނެ ތަނެއް ހޯދުމަށް ބޭނުންވެއްޖެ

މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)201-B/1/2016/03 (08 ފެބުރުވަރީ 2016) ގައި މި އޮތޯރިޓީގެ ފަރާތުން ކުރިއަށްގެންދާ ޓްރޭނިންގތަކާއި ވާރކްޝޮޕްތައް ބޭއްވުމަށްޓަކައި ޓްރޭނިންގ ރޫމެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާނާ ގުޅިގެން 3 ފަރާތުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.           

މި އޮތޯރިޓީގެ ފަރާތުން ކުރިއަށްގެންދާ ޓްރޭނިންގތަކާއި ވާރކްޝޮޕްތައް ބޭއްވުމަށްޓަކައި ޓްރޭނިންގ ރޫމެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު މަހުގެ 02 ވާ ބުދަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު މަހުގެ 06 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ފެބުރުވަރީ 2016
ހޯދާ