މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިވާ މަގާމަށް އިޢުލާން ކުރަމެވެ.

1. މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަގާމު ނަންބަރު

110739

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަގާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / ބިޒްނަސް އިންފޮމޭޝަން ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ކުންފުނީގެ ސިއްކަ ރަޖިސްޓަރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން. (ކައުންޓަރުން ވަގުތުން ދޭ ޚިދުމަތް)
  2. ކުންފުނި ލިކުއިޑޭޓް ކުރުމާ ބެހޭ ހުރިހާ ކަމެއް ކުރުން.
  3. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައި ގަތުން. (ކައުންޓަރުން ވަގުތުން ދޭ ޚިދުމަތް)
  4. އަލަށް ރަޖިސްޓަރީ ކުރަން ހުށަހަޅާ ކުންފުނިތަކުގެ މަޢުލޫމާތު ޗެކުކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން. (ކައުންޓަރުން ވަގުތުންދޭ ޚިދުމަތް)
  5. ޝެއަރ ޓްރާންސްފަރ ހެދުމުގެ ހުރިހާ މަސައްކަތް ކުރުން.
  6. ނަން ފާސްކުރުން. (ކައުންޓަރުން ވަގުތުން ދޭ ޚިދުމަތް)
  7. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން.
  8. ކުންފުނީގެ މަޤުޞަދުތައް އިތުރުކުރުމާއި އުނިކުރުން.
  9. ކުންފުނީގެ އެޑްރެސް ބަދަލުކުރުން.
  10. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދަލުކުރުން.
  11. ކުންފުނީގެ ބޯޑު ބަދަލުކުރުން.
  12. ކުންފުނީގެ ސެކްރެޓަރީ ބަދަލުކުރުން.
  13. މެމޮރެންޑަމްއާއި އާރޓިކަލް އެންޑޯޒްކުރުން.
  14. ކުރާ މަސައްކަތާ ގުޅޭ ރިކޯޑު ސިސްޓަމުން އަޕްޑޭޓްކުރުން.
  15. ކުރާ މަސައްކަތާ ގުޅޭ ލިޔުންތައް ފައިލުކުރުން.
  16. ކުންފުނީގެ އަހަރީ ހިސާބު ހުށަހެޅުން، ޝީޓް އަޕްޑޭޓްކުރުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

2. މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަގާމު ނަންބަރު

110732

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

 

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ރިސްކް އެލަވަންސް

25/- ރުފިޔާ (މަސައްކަތްކުރާ ދުވަހަކަށް)

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަގާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / ލީގަލް ވެހިކަލް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ނަން ފާސްކުރުން
  2. ރަޖިސްޓަރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީތައް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން.
  4. އަލަށް ރަޖިސްޓަރީ ކުރަން ހުށަހަޅާ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ޗެކު ކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން
  5. ކުންފުނީގެ ސިއްކަ ރަޖިސްޓަރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން. (ކައުންޓަރުން ވަގުތުން ދޭ ޚިދުމަތް)
  6. ސަރުކާރުގެ އޮފީސް، އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން
  7. ޝެއަރ ޓްރާންސްފަރ ހެދުމުގެ ހުރިހާ މަސައްކަތް ކުރުން.
  8. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން
  9. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައިގަތުން.
  10. ކުންފުނީގެ ނަން، އެޑްރެސް ބަދަލުކުރުން.
  11. ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމާ ބެހޭ ހުރިހާ ކަމެއް ކުރުން
  12. ކުންފުނިތަކުގެ ފައިލުތައް ތަރުތީބުކޮށް ބެލެހެއްޓުން
  13. ރަޖިސްޓަރީކުރުމަށް ނުވަތަ އާކުރުމަށް ހުށަހެޅޭ ވިޔަފާރިނަން ރަޖިސްޓަރީކޮށް ދިނުން
  14. ރަޖިސްޓަރީކުރެވޭ އަދި ކެންސަލް ކުރެވޭ ވިޔަފާރި ނަންތައް ސިސްޓަމުން އަޕްޑޭޓްކުރުން
  15. ރަޖިސްޓަރީތަކަށް ނެގޭ ފައިސާ ބަލައިގަތުން އަދި އޮންނަ އުސޫލެއްގެ މަތިން އެދުވަހަކު ބަލައިގަނެވޭ ފައިސާއެއްގެ ޑޭޓާ ބަލަހައްޓާ ބެޖެޓް ސެކްޝަނާ ހަވާލުކުރުން
  16. ރަޖިސްޓަރީކުރެވޭ ވިޔަފާރި ނަން ދުވަހުން ދުވަހަށް ފައިލުކުރުން
  17. ރަޖިސްޓަރީކުރުމަށް ހުށަހެޅޭ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ހުރިހާ ކަމެއް ކުރުން
  18. ރަޖިސްޓަރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން
  19. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީތައް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން
  20. ކައުންޓަރުން ކަސްޓަރމަރުންނަށް ދޭ ވިޔަފާރި ޚިދުމަތްތަކާ ގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާ އިމްޕޯޓް އަދި އެކްސްޕޯޓް ލައިސަންސް ހެދުން
  21. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމާއި ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލުކުރުން.
  22. ހުއްދަ/ ލައިސަންސްގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން އަދި އެ ދުވަހެއްގެ ކައުންޓަރުގެ މަސައްކަތް ނިމުން
  23. އެ ދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން
  24. ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓު ލިބުމުން އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން.
  25. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން
  26. މިނިސްޓްރީން ވަގުތީގޮތުން ކަމެއް ހަވާލުކޮށްފިނަމަ އެ ކަމެއްކުރުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

3. މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަގާމު ނަންބަރު

255945

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ރިސްކް އެލަވަންސް

25/- ރުފިޔާ (މަސައްކަތްކުރާ ދުވަހަކަށް)

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަގާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ކައުންޓަރުން ކަސްޓަރމަރުންނަށް ދޭ ވިޔަފާރި ޚިދުމަތްތަކާ ގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާ އިމްޕޯޓް އަދި އެކްސްޕޯޓް ލައިސަންސް ހެދުން
  2. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމާއި ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލުކުރުން
  3. ހުއްދަ/ ލައިސަންސްގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން އަދި އެ ދުވަހެއްގެ ކައުންޓަރުގެ މަސައްކަތް ނިމުން އެ ދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ޙަވާލުކުރުން
  4. ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓު ލިބުމުން އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން
  5. ނަން ފާސްކުރުން އަދި ވިޔަފާރި ނަން ރަޖިސްޓަރީކުރުން
  6. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްދިނުން އަދި ފައިލުކޮށް ޑޭޓާ ބެލެހެއްޓުން.
  7. އަލަށް ރަޖިސްޓަރީ ކުރަން ހުށަހަޅާ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ޗެކުކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން
  8. ކުންފުނީގެ ސިއްކަ ރަޖިސްޓަރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން. (ކައުންޓަރުން ވަގުތުން ދޭ ޚިދުމަތް)
  9. ސަރުކާރުގެ އޮފީސް، އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން
  10. ޝެއަރ ޓްރާންސްފަރ ހެދުމުގެ ހުރިހާ މަސައްކަތް ކުރުން.
  11. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން
  12. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައިގަތުން.
  13. ކުންފުނީގެ ނަން، އެޑްރެސް ބަދަލުކުރުން.
  14. ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން
  15. ކުންފުނިތަކުގެ ފައިލުތައް ތަރުތީބުކޮށް ބެލެހެއްޓުން.
  16. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން

މަޤާމުގެ ޝަރުޠުތައް

 

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭ ގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ފުރިހަމަކުރުމަށްފަހު 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

- މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ