އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އއ.މާޔާތިލަ، ޑައިވް 48 ޙަރަކާތް ހިންގުމަށް ބަންދުކުރުން

އިޢުލާން

އއ.މާޔާތިލަ، ޑައިވް 48 ޙަރަކާތް ހިންގުމަށް 2016 ފެބުރުވަރީ 26 ، 27 އަދި 28 ގައި ބަންދުކުރުން

އަރިއަތޮޅު އުތުރުބުރީގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދެއް ކަމުގައިވާ މާޔާތިލައިގައި އެޓޯލް ސްކޫބާ އާއި ޓާރކިޝް އެއަރލައިން ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ އިވެންޓެއް ކަމުގައިވާ ޑައިވް 48، މި ފެބުރުވަރީ މަހުގެ 27،26 އަދި 28 ވާ ތިންދުވަހު ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، މި ތިންދުވަހު މިސަރަޙައްދު ޢާންމު ފަރާތްތަކަށް ބަންދުކުރެވިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވުނު ތިންދުވަހު، މިސަރަހައްދުގައި ޢާންމު ފަރާތްތަކުން ޑައިވްކުރުމާއި، މިސަރަޙައްދުން ޢާންމު އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެއްކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިއިވެންޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ އެޓޯލް ސްކޫބާގެ ނަންބަރު 7552207 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލްކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ. މި އިޢުލާނާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މިއޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ