މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

02

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3 (ޖެނެރަލް ސަރވިސް 3)

ވަޒީފާގެ ބާވަތް

ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ)

 

މުސާރަ

މަސައްކަތްކުރާ ގަޑިއިރަކަށް 45 (ސާޅީސްފަހެއް) ދިވެހި ރުފިޔާ. (ގިނަވެގެން މަސައްކަތް ކުރެވޭނީ 176 ގަޑިއިރަށެވެ.)

ސެކްޝަން/  އޮފީސް/ ތަން

ފްރަންޓް އޮފީސް / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަގާމުގެ މަސްއޫލިއްޔަތު

އޮފީހުގެ ޚިދުމަތްތަކަށް އެދި އާންމުން ހުށަހަޅާ ފޯމުތަކާއި، ލިޔުންތައް ބަލައިގަތުމާއ،ި އަދި އެ ޚިދުމަތްތަކާ ގުޅިގެން ނިންމަންޖެހޭ މަސައްކަތްތައް އާންމުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ކުރުމާއި، ޑެލިވަރީ ކައުންޓަރުން ދޫކުރަންޖެހޭ އެންމެހައި ތަކެތި ދޫކުރުމާއި، އޮފީހުން ބޭނުންވެއްޖެ ހިނދެއްގައި އޮތޯރިޓީގެ އިންފޮމޭޝަން ކައުންޓަރުން އާންމުންނަށް ދޭންޖެހޭ މަޢުލޫމާތާއި ޚިދުމަތް ދިނުން

މަސައްކަތުގެ މުއްދަތު

1 (އެކެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އޮތޯރިޓީންް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަގާމުގެ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީ

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)

ނޯޓު: މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

2016 މާރިޗު 08 ވާ އަންގާރަ ދުވަހުގެ 13:30 ގެކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގގެ 01 ވަނަ ފަންގިފިލާގައެވެ.  

އިތުރު މަޢުލޫމާތު

1- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.

2- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓު ކުރިން އިނގިރޭސިބަހާއި ދިވެހިބަހުން ސިޓީލިޔުމާއި އިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.

3- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.

24 ފެބުރުވަރީ 2016
ހޯދާ