މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޢިމާރާތް މަރާމާތު ކުރުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އޮފީސް އިމާރާތެއް ސ.ހިތަދޫގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މިނިސްޓްރީގެ މަސައްކަތް ފެށުމަށްޓަކައި މި ޢިމާރާތް މަރާމާތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި ޢިމާރާތް މަރާމާތު ކުރުމަށް އެދޭ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1

މަސައްކަތުގެ ތަފުސީލު

ޢިމާރާތް މަރާމާތު ކުރުމަށް

2

ހުށަހަޅަންޖެހޭ ތަކެތި

ބިލްސް އޮފް ކުއަންޓިޓީ (ބީ.އޯ.ކިއު)، ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ، މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތުގެ ޓައިމްލައިން. ކޮމްޕެނީ ޕްރޮފައިލް، ކޮށްފައިވާ މަސައްކަތުގެ ފެންވަރު ހާމަކޮށްދޭނެ ލިޔުމެއް.

3

ބަޖެޓް

250,000/- ރުފިޔާ

4

މަސައްކަތް ކުރުމަށް ދެވޭނެ މުއްދަތު

20 ދުވަސް

އަންދާސީހިސާބު ހުށަހެޅުން

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11.00 އަށް ސ.ހިތަދޫ ބިޒްނަސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހު 10.00 އަށް ސ. ހިތަދޫ ބިޒްނަސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރުމަށް ބޭނުންވާ އިތުރު ތަފުސީލު މި މަޢުލޫމާތު ސެޝަނުގައި ދެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 03 މާރިޗު 2016 ގެ 10:00 ގައި ސ.ހިތަދޫ ބިޒްނަސް ސެންޓަރަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

14 ޖުމާދަލްއޫލާ 1437

 

23 ފެބުރުވަރީ 2016
ހޯދާ