މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މި މަދުރަސާއަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

ގިންތި: ދާއިމީ

ރޭންކް: އެސް.އެސް.1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3100ރ.

ސަރވިސް އެލަވަންސް: -/1000ރ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް އަދި ސެކްޝަން

މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ.ދެއްވަދޫ/ އިދާރީ ސެކްޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެރެއާއި، ބޯޅަދަނޑާވީ ފަރާތުގެ މަގު ކޮންމެ ދުވަހަކު ކުނިކަހައި ސާފުކުރުމާއި، ގްރޭޑް 1 ، 5 ، 6 އަދި އޮފީސްރޫމް ކޮންމެ ދުވަހަކު ސާފުކޮށް މޮޕްލައި، ޑެސްކާއި ގޮނޑިތައް ހަމަކޮށް ތަރުތީބުކުރުން. އަދި ހަވާލު ކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރުފަތްތައް ކޮންމެ ދުވަހަކު ހުޅުވައި ލެއްޕުން.

2- ސާފުބޯފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، ކޮންމެ ވިއްސާރަ މޫސުމެއްގައި ތާނގީތައް ރަނގަޅަށް ސާފުކޮށް ފެން އެޅޭނެ އިންތިޒާމު ހަމަޖެއްސުން.

3- ސްކޫލުގެ ގޯތިތެރޭގައިހުރި ރުއްރުކާއި، ގަސްގަހާއި، އެނޫން ތަކެތި ކޮންމެ މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

4- އަންހެންކުދިންގެ ފާޚާނާތައް ކޮންމެ ދުވަހަކު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

5- ރަސްމީގަޑީގައި ދަރިވަރުން ސްކޫލުގެ ތެރޭގައި އުޅޭއިރު އުޅޭނޫޅޭގޮތް ބެލުން.

6- ސްކޫލް ފެހި ކުރުމަށް ސްކޫލުގެ މެނޭޖްމަންޓާ ގުޅިގެން ގަސް އިންދައި، ކޮންމެ ދުވަހަކު ގަސްތަކަށް ރަނގަޅަށް ފެންދިނުން.

7- ސްކޫލުގެ ގޯތިތެރެ ހިރަފުހުން ސަލާމަތް ކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ އެސެމްބްލީ ފެށުމުގެ ކުރިން ގޯތިތެރެއަށް ފެންޖެހުން.

8- ކޮންމެ ހަފުތާއަކު 2 ދުވަހު ސްޓާފްރޫމުގައި ބޭނުންކުރާ އެންމެހައި މެޝިނަރީތަކާއި، ދޮރާއި ދޮރުފަތްތައް ހިރަފުސް ފޮޅައި ސާފުކުރުން.

9- ކޮންމެ މަހަކު 2 ފަހަރު ގްރޭޑް 1،5 އަދި 6 ގެ ކުލާހުގެ ފަންކާތައް ސާފުކުރުމާއި، ކޮންމެ ހަފުތާއަކު 2 ދުވަހު ހަވާލު ކުރެވިފައިވާ ކުލާސްތަކުގެ ދޮރާއި ދޮރުފަތްތައް ސާފުކުރުން.

10- ސްކޫލުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

11- ސްކޫލުގެ ފަރުނީޗަރުތައް އަބަދުވެސް ތަރުތީބުން އަތުރާފައި ބެހެއްޓުން.

12- ދަރިވަރުން ބޭނުންކުރާ ގޮނޑިއާއި ޑެސްކުތައް ހިރަފުސް ފޮޅައި ކުލާސްރޫމްތައް ތަރުތީބުން އެތުރުން.

13- ސްކޫލަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުން.

14- ސްކޫލަށް އަންނަ މެހުމާނުންގެ ފޮށިތަންމަތިތައް ގެންގޮސް ގެނެސްދިނުމާއި، ބޯޓުފަހަރުން ސްކޫލަށް ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ބޯޓުތަކަށް ގެންދިއުން.

15- ސްކޫލުގައި ބޭއްވޭ ޙަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުޠު:

- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން.

އުޖޫރަޔާއި އިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލު ކަމާއި ސިފަތަކަށެވެ.

އިންޓަރވިއު އަދި އިމްތިޙާނު ކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 06 މާރިޗު 2016 (އާދީއްތަ) ދުވަހު މަދުރަސަތުއްސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫ ގައެވެ. އިންޓަރވިއު އަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާ އެކުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި މަދުރަސާއިން ލިބިވަޑައިގަންނަވާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ނަމްބަރާއެކު).

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީއެއް.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 25 ފެބުރުވަރީ 2016 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި މިމަދުރަސާއަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ އެންމެހާ ލިޔުންތައް ހުށަހަޅަންވާނީ މިމަދުރަސާގެ އިދާރާއަށެވެ. މި މަދަރުސާގެ ފެކްސްއަށާއި މެއިލަށް ފޮނުވާ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަދްރަސަތުއްސުލްޠާން މުޙައްމަދުގެ ނަންބަރު 7983076 އަށް ފޯނުން ގުޅުއްވުން އެދެމެވެ.

08 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016
ހޯދާ