މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޯލްޑިވްސް އެންވަޔަރަމަންޓަލް މެނޭޖްމަންޑް ޕްރޮޖެކްޓުގެ (އެމް.އީ.އެމް.ޕީ) ޕްރޮޖެކްޓް އިމްޕްލިމެންޓޭޝާން ކޮމްޕްލީޝަން އިވެލުއޭޝަން ރިޕޯޓު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

 ލޯން ނަންބަރ:4427-MV

މޯލްޑިވްސް އެންވަޔަރަމަންޓަލް މެނޭޖްމަންޑް ޕްރޮޖެކްޓުގެ (އެމް.އީ.އެމް.ޕީ) ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ކޮމްޕްލީޝަން އިވެލުއޭޝަން ރިޕޯޓު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން:

ދިވެހިސަރުކާރުން ވަރލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) ޕްރޮޖެކްޓް އިމްޕްލިމެންޓޭޝާން ކޮމްޕްލީޝަން އިވެލުއޭޝަން ރިޕޯޓު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ މުޅި ޕްރޮޖެކްޓް ޑިޒައިން ކުރެވިފައިވާ ގޮތް އަދި އިމްޕްލިމެންޓް ކުރެވިފައިވާވަރު އިވެލުއޭޓް ކުރުމެވެ. މިގޮތުން ޕްރޮޖެކްޓްގެ އޮބްޖެކްޓިވްތައް ހާސިލުކުރެވުން އެކަށީގެންވާ ކަންތައްތޯ ބެލުމާއި ޕްރޮޖެކްޓްގެ ކޮމްޕޯނަންޓްސްއިން ކުރެވިފައިވާ މަސައްކަތްތަކުން ޕްރޮޖެކްޓުގެ ޑިވެލޮޕްމަންޓް އޮބްޖެކްޓިވްތައް ހާސިލުކުރެވިފައިވާވަރު ދެނެގަތުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން އަދި ތަޖުރިބާ ސާބިތުކޮށްދިނުމުގެ ގޮތުން (ބްރޯޝަރ، ކުރީގައި ހިންގާފައިވާ މިފަދަ ޕްރޮގްރާމުތަކާބެހޭ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ އަދި އެހެނިހެންވެސް މުހިންމު މަޢުލޫމާތުތައް) ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) އިންޕެކްޓް އެސެސްމަންޓް އަދި ކޮމްޕްރިހެންސިވް ރިޕޯޓު ހެދޭނެ ފަދަ ތަޖުރިބާއާ ތަޢުލީމު ހުރުން؛ 2) ޑޭޓާ އެނަލިސިސް (ކޮންޓިޓޭޓިވް އަދި ކޮލިޓޭޓިވް) އިން ތަޖުރިބާ ލިބިފައިވުމާއި ޕީ.އާރު.އޭ ޓެކްނިކްސް އަދި ބެނެފިޝަރީ ސާރވޭ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައި އެކުލަވައިލެވިފައިވާ ވޯލްޑް ބޭންކް ގައިޑްލައިންސްގެ 1.9 ވަނަ ޕެރެގްރާފަށް ސަމާލުކަން ދިނުމަށް އެދެމެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވޯލްޑް ބޭންކް ގައިޑްލައިންސް: IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އަޖްވަދު މުސްޠަފާ

ޕަރމަނަންޓް ސެކްރެޓަރީ

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

15 ފެބުރުވަރީ 2016
ހޯދާ