މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރީނދޫ ހުން ޖެހުމުން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ ވަކި ބްރޭންޑެއް ބޭނުންކުރުން މަނާކުރުން

ސަމާލުކަމަށް

ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ މެޑިކަލް ޕްރޮޑަކްޓް އެލާޓް ނަންބަރު:Ref .RHT/SAV/Alert 2.2016 ގައި ޔެލޯ ފީވަރ (ރީނދޫ ހުން) ޖެހުމުން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ ތިރީގައިވާ ބްރޭންޑްގެ ދެންނެވިފައިވާ ބެޗަކީ އޭގެ ރައްކައުތެރިކަމާ މެދު ސުވާލު އުފެދޭ އަދި ޖެނުއިން ވެކްސިނެއް ނޫން ކަމަށް ބަޔާން ކޮށްފައިވެއެވެ.

އަދި މި ވެކްސިން މިސަރަޙައްދުގެ ޤައުމެއް ކަމަށްވާ ބަނގްލަދޭޝްގައި ދައުރުވަމުންދާ ކަމަށް އެލާޓުގައި ބަޔާންކޮށްފައިވެއެވެ.

ވީމާ، ދެންނެވިފައިވާ ބްރޭންޑްގެ ޔެލޯފީވަރ ވެކްސިން ބޭނުން ނުކުރެއްވުމަށް ސަމާލުވެވަޑައިގަތުމަށް ދެންނެވީމެވެ.

AMARIL stabilized yellow fever vaccine

Product Name:

2265

Batch Number:

June 2016

Expiry Date:

Pasteur Institute in Dakar

Manufacturer:

އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 އިން  ލިބިވަޑައިގަންނަވާނެއެވެ.

12 ޖުމާދަލްއޫލާ 1437
21 ފެބުރުވަރީ 2016
ހޯދާ