ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                    މަސައްކަތު

   ބޭނުންވާ އަދަދު:               03

   ރޭންކް:                    އެސް.އެސް 1

   ކްލެސިފިކޭޝަން:               ސަޕޯޓްސް ސްޓާފް ގްރޭޑް 1  

   މުސާރަ:                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ޙާފިޒު އަޙުމަދު ސްކޫލް

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     އިދާރާ، ޙާފިޒު އަޙުމަދު ސްކޫލް

   އެހެނިހެން އިނާޔަތް:             އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އިމާރާތްތައް ފޮޅައި ސާފުކުރުން

- ދޮރު، ކުޑަދޮރު، ފަންކާ ފަދަ ތަކެތި ސާފުކުރުން

- ފާޚާނާ ސާފުކުރުން

- ގޯތިތެރެއާއި މަގުން ކުނި ނެގުން

- ވިނަ ނޮޅައި ސާފުކުރުން

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ލިބިފައިވާ ތައުލީމާއި ތަމްރީނަށް

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް

- ލިބިފައިވާ ހުނަރަށް

އިންޓަރވިއު ކުރުން

ހ. 29 ފެބުރުވަރީ 2016 އިން 8 މާރިޗު 2016 އާ ދެމެދުގެ ދުވަހެއްގައި، ޙާފިޒު އަޙުމަދު ސްކޫލުގައި

ވަޒީފާއަށް އެދިފައިވާ އަދަދު 10 އަށްވުރެ ގިނަވާނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރުމުން ހޮވޭ ފަރާތްތަކާއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު: (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) ޙާފިޒު އަޙުމަދު ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޙާފިޒު އަޙުމަދު ސްކޫލުގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ (28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން)

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ (ޙާފިޒު އަޙުމަދު ސްކޫލް އޮފީހަށް)  

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޙާފިޒު އަޙުމަދު ސްކޫލުގެ ނަންބަރު 6861989 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ފެބުރުވަރީ 2016
ހޯދާ