މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި އަލުން ރަޖިސްޓަރީކުރުން

ސަރކިއުލާރ

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި އަލުން ރަޖިސްޓަރީކުރުން

މި ކައުންސިލުގެ ނަންބަރު (IUL) 23-RBC/23/2015/40 (17 ޑިސެންބަރު 2015) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

13 ފެބުރުވަރީ 2016 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރުމަށާއި ލައިސަންސް ހޯދުމަށް މި ކައުންސިލަށް ހުށަހަޅާފައިނުވާ ހެލްތު ޕްރޮފެޝަނަލުން، އެ ތާރީޚުގެ ފަހުން ރާއްޖޭގެ އެއްވެސް ތަނެއްގައި މަސައްކަތް ކުރުމަކީ ޤާނޫނީ ކުށެކެވެ.

އަދި މަތީގައި ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން ރަޖިސްޓަރީ ކުރުމަށާއި ލައިސަންސް ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތައް ވަނީ މި ކައުންސިލުގައި ރަޖިސްޓަރީކުރެވި، ލައިސަންސް ދިނުމަށް ނިންމާފައެވެ. ގިނަ އަދަދެއްގެ އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް އެއްފަހަރާ ރެޖިސްޓްރޭޝަނާއި ލައިސަންސް ދެމުންގެންދާތީ، ބައެއް ފަރާތްތަކުގެ ރެޖިސްޓްރޭޝަނާއި ލައިސަންސްގެ ލިއުން ހަވާލުކުރެވިފައިނުވާކަން ފާހަގަކުރަމެވެ.

ވީމާ، ރަޖިސްޓްރޭޝަނާއި ލައިސަންސަށް އެދި 13 ފެބުރުވަރީ 2016 ގެ ކުރިން ހުށަހަޅާފައިވާ ހުރިހާ ފަރާތްތަށް މިހާރެކޭވެސް އެއްގޮތަށް މަސައްކަތް ކުރުމަކީ ހުއްދަ ކަމެއްކަމުގައި ވީހިނދު، މި ތާރީޚުގެ ފަހުން ރެޖިސްޓްރޭޝަން އަދި ލައިސަންސިންގަށް ހުށަހަޅާ ފަރާތްތަކަށް މަސައްކަތް ކުރެވޭނީ ލައިސަންސް ލިބުމަށްފަހުގައިކަން އަންގައި އިޢުލާން ކުރީމެވެ.

09 ޖުމާދަލްއޫލާ 1437
18 ފެބުރުވަރީ 2016
ހޯދާ