މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
4 އެއަރ ކޮންޑިޝަނަރ ހޯދުން

އިޢުލާން

މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ތަކެއްޗަކީ މިނިސްޓްރީގެ ދަށުގައި ސ.ހިތަދޫގައި ޤާއިމުކުރެވިފައިވާ އައްޑޫ ބިޒްނަސް ސެންޓަރަށް ބޭނުންވާ ތަކެއްޗެވެ. އަދި މި ތަކެތި މި ތަނުގައި ހަރުކުރާނީ މިނިސްޓްރީންނެވެ.  

ބޭނުންވާ ތަކެތި: 4 އެއަރ ކޮންޑިޝަނަރ (ބީ.ޓީ.ޔޫ: 12000 (ފާރުގައި ހަރުކުރާ))

މިނިސްޓްރީން ބަލާނެ ކަންތައްތައް

  1. ހުށަހަޅާ އައިޓަމުތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މި ކަރުދާހުގައިވާ ބަޔާންކޮށްފައިވާ ފެންވަރަށެވެ.
  2. ބިޑް އިވެލުއޭޓްކުރާއިރު ދިގު މުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް ތަޖުރިބާ ހުރި ފަރާތްތަކާއި އަދި އާފްޓަރސޭލް ސަރވިސް/ މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި މިނިސްޓްރީގައި ޓެސްޓު ކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެ ތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
  4. ތަކެއްޗަށް އަގުދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ.
  5. ހުށަހަޅާ އަންދާސީހިސާބު 60 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު އަދި މުއްދަތު ހުށަހެޅުން.

  1.  އަގު ހުށަހަޅަންވަނީ ދިވެހި ރުފިޔާއިންނެވެ.
  2.  ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.
  3.  ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ އަދަދުންނެވެ.

މާރކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Price / Submitted Price) x Allocated Percentage

ޑެލިވަރީ ޕީރިއަޑް

10%

  • ތަކެތި މިނިސްޓްރީއާއި ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) x Allocated Percentage

ތަކެތީގެ ވޮރަންޓީ

5%

  • ގަންނަ ތަކެތި މުވައްޒަފެއްގެ އިހުމާލަކާ ނުލައި ހަލާކުވެއްޖެނަމަ ހަދައިދިނުމަށް ދޭ މުއްދަތަށް މާކްސް ދޭ ވަރު

(Warranty Period / Bench Mark) x Allocated Percentage

ސަރވިސް ވޮރަންޓީ

5%

  • ސަރވިސް ދިނުމަށް ހުށަހަޅާފައިވާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Warranty Period / Bench Mark) x Allocated Percentage

ކޮމްޕެނީ ޕްރޮފައިލް

10%

  • ކޮމްޕެނީ ޕްރޮފައިލަށް ބަލައި 1-10 އާ ދެމެދުގެ މާކުހެއް ދެވޭނެއެވެ.
  • މި އިޢުލާނުގައިވާ ކަހަލަ ތަކެތި ފޯރުކޮށްދީފައިވާ ފަރާތުން ދީފައިވާ ލިޔެކިއުންތަކަށް ބަލައި 1-10 އާ ދެމެދުގެ މާކްސްއެއް ދެވޭނެއެވެ.

2 Major questions (profile and experience) with 10 max points each =20, three members of BEC, Max marks attainable from questions=60 points.

(Points attained/60)x allocated %

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 28 ފެބުރުވަރީ 2016 މި ތާރީޚުގެ 11:00 އަށް މި މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާ ގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 28 ފެބުރުވަރީ 2016 މި ތާރީޚުގެ 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3305808 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

‏09‏ ޖުމާދަލްއޫލާ‏ 1437

 

17 ފެބުރުވަރީ 2016
ހޯދާ