މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދޫކުރުން

އިޢުލާނު

ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ހުޅުވާލުމުގެ ގޮތުން ކުރި ނަމްބަރު  182-MTG/2015/34 އިޢުލާނުގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތައް 1 މާރިޗު 2016 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 މާރިޗު 2016 ވަނަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ނަމްބަރު 3014316 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1437
18 ފެބުރުވަރީ 2016
ހޯދާ