މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް

އިޢުލާން

މި އޮތޯރިޓީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާން އޮންނާނީ މި އޮތޯރިޓީއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓް ޓައިމުކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

- ބޭނުންވާ އަދަދު : އަންހެން 4

ފިރިހެން 4

ޝަރުޠު

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކަށްވުން
  • ފުރިހަމަ ކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވމުގެ ލައިސަންސް އޮތުން
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން
  • ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން
  • ޑްރައިވިންގ ސުކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

- އުޖޫރަ : ޓެސްޓް ކުރާ ކޮންމެ A A1  ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 01 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

06 ޖުމާދަލްއޫލާ 1436

16 ފެބުރުވަރީ 2016
ހޯދާ