ދިވެހިރާއްޖެ
މަގާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
ބޭނުންވާ އަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ.އެސް. 3 (ޖެނެރަލް ސަރވިސް 3) |
ވަޒީފާގެ ބާވަތް |
ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ) |
|
|
މުސާރަ |
މަސައްކަތްކުރާ ގަޑިއިރަކަށް -/38 (ތިރީސް އަށެއް) ދިވެހި ރުފިޔާ. (ގިނަވެގެން މަސައްކަތް ކުރެވޭނީ 175 ގަޑިއިރަށެވެ) |
||
ސެކްޝަން/ އޮފީސް/ ތަން |
އެޑްމިނިސްޓްރޭޝަން ސެކްޝަން / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ |
||
މަގާމުގެ މަސްއޫލިއްޔަތު |
ޗެއަރމަންގެ ސެކްރެޓަރީގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އެސެޓް ރަޖިސްޓަރީ ބެލެހެއްޓުމާއި، އަދި އޮފީހުގެ އެކިއެކި އިދާރީ މަސައްކަތްތައްކުރުން. |
||
މަސައްކަތުގެ މުއްދަތު |
1 (އެކެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އޮތޯރިޓީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ) |
||
މަގާމުގެ ޝަރުޠު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ 5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި) ނޯޓް: މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަން ޖެހޭނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ. |
||
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 13:30 ގެކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން |
މި އިޢުލާނުގެ މުއްދަތު ހަމަވާތާ ބަންދުދުވަސްތައް ނުހިމެނޭ ގޮތަށް 07 ދުވަސް ހަމަކުރުމަށްފަހު އިންޓަރވިއު އޮންނާނެއެވެ. އިންޓަރވިއު ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގގެ 01 ވަނަ ފަންގިފިލާ، މާލެ |
||
އިތުރު މަޢުލޫމާތު |
1- އިންޓަރވިއުއަށް ދެންނެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ. 2- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު އޮންނަ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓު ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ. 3- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ. |