ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑު ކުޑަކުދިންގެ ޕާކުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުމާބެހޭ

އިޢުލާން

މާދަޑު ކުޑަކުދިންގެ ޕާކުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުމާބެހޭ:

މާދަޑު ކުޑަކުދިންގެ ޕާކުގައި (ކިރިވޭދެ މަގާއި ވަލިފަންނު މަގާ ދެމެދު) ހުރި ރުއްތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)424-CO/424/2016/2) އިޢުލާނަށް އިޖާބަދީ ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ޝަރުޠުތައް ފުރިހަމަނުވާތީ އަލުން އިޢުލާން ކުރަމެވެ.                                                           

ވީމާ، މި ރުއްތައް ވަރުވާއަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 10:00 ގައި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016
ހޯދާ