ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަން ބަދަލުކުރުމާއި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ފީ ނެގުމާބެހޭޭ އުސޫލަށް ޢަމަލުކުރަން ފެށުން

އިޢުލާން

ނަން ބަދަލުކުރުމާއި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ފީ ނެގުމާބެހޭޭ އުސޫލަށް ޢަމަލުކުރަން ފެށުން

2016 ފެބުރުވަރީ 27 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފާސްކުރައްވާފައިވާ ނަން ބަދަލުކުރުމާއި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ފީ ނެގުމާބެހޭ އުސޫލުގައިވާ ތިރީގައި މިދަންނަވާ ކަންތައްތަކަށް 2016 ފެބުރުވަރީ 11 ވަނަ ދުވަހުން ފެށިގެން މިކައުންސިލުން ޢަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

1. އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުން

(ހ) އަލަށް އުފަންދުވަހުގެ ސެޓުފިކެޓު ހައްދާނަމަ -/1 ރުފިޔާ (އެއްރުފިޔާ)ގެ ރެވެނިއު ސްޓޭމްޕަކާއެކު ހުށަހެޅުމުން އުފަންދުވަހުގެ ސެޓުފިކެޓު ހަދައިދިނުން.

(ށ) އުފަންދުވަހުގެ ސެޓުފިކެޓު ގެއްލިގެން ނުވަތަ ހަލާކުވެގެން އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ ހެއްދުމަށް ހުށަހަޅައިފިނަމަ ޖޫރިމަނާގެ ގޮތުގައި -/10 ރުފިޔާ (ދިހަރުފިޔާ) ނެގުމަށްފަހު އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ ހަދައިދިނުން.

2. ނަން ބަދަލުކުރުން

(ހ) 10 އަހަރުން ދަށުގެ ކުޑަކުދިންގެ ނަން އެއްވެސް ފީއަކާ ނުލައި ބަދަލުކޮށްދިނުން.

(ށ) 10 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ނަން ބަދަލުކުރުމަށް އެދޭ ފުރަތަމަ ފަހަރު -/1200 ރުފިޔާ (ބާރަސަތޭކަ ރުފިޔާ)ގެ ފީއަކާއެކު ނަން ބަދަލުކޮށްދިނުން.

(ނ) 10 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ނަން އެއްފަހަރު ބަދަލުކުރުމަށްފަހު ދެން ނަން ބަދަލުކުރުމަށް އެދޭ ކޮންމެ ފަހަރަކު -/2400 ރުފިޔާ (ދެހާސް ހަތަރުސަތޭކަ ރުފިޔާ)ގެ ފީއަކާއެކު ނަން ބަދަލުކޮށްދިނުން.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016
ހޯދާ