ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބު ކުރުމާބެހޭ

08 ފެބުރުވަރީ 2016 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2016 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ މާރިޗު 2016 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، 16 މާރިޗު 2016 ވާ ބުދަ ދުވަހު މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މިޖަލްސާގައި އެސޯސިއޭޝަން އައު ދައުރަކަށް އިންތިޚާބު ކުރުން އޮންނާނެއެވެ. ވީމާ، ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެހައި މެމްބަރުންނަށް ހުޅުވާލަމެވެ.

  1. އެސޯސިއޭޝަންގެ ރައީސް
  2. އެސޯސިއޭޝަންގެ ނާއިބު ރައީސް
  3. އެސޯސިއޭޝަންގެ ޚަޒާންދާރު
  4. އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލުކުރާ މެމްބަރު
  5. އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްސީލުކުރާ މެމްބަރު
  6. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްސީލުކުރާ މެމްބަރު
  7. އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްސީލުކުރާ އަންހެން މެމްބަރު

ވީމާ، މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަނަވަރާއި އައި.ޑީ.ކާޑުގެ ކޮޕީއާއެކު 3 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ.

14 ފެބުރުވަރީ 2016
ހޯދާ