މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އިޤްތިޞާދީ ބޭނުމަށް، ރަށްރަށުން ބިން ދޫކުރުން.

އިޢުލާން

ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ، ރާއްޖޭގެ ރަށްރަށުގެ ބިންތައް އެކިއެކި އިޤުތިޞާދީ ކަންކަމުގައި، ވިޔަފާރި އުސޫލުން މުޢާމަލާތްކޮށްގެން، އިތުރު އާމްދަނީއާއި ވަޒީފާ ހޯދޭނޭ މަގުތައް ފަހިކޮށްދީ، ރަށްރަށުގައި އިޤުތިޞާދީ އެކިއެކި ބޭނުންތަކަށް ބިން، ދިގުމުއްދަތަށް ކުއްޔަށް ދޫކުރުން ނުވަތަ ބިން ވިއްކުމުގެ ސިޔާސަތުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދު "މިނިސްޓްރީތަކާ ހަވާލު ކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތް ކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީން، ރަށްރަށުން  އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ބިންދޫކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް މިހާރު ވަނީ ފެށިފައެވެ.

"ބިންވެރިކުރުވުމުގެ ޕްރޮގްރާމް" މި ޕްރޮޖެކްޓްގެ ދެވަނަ ބުރުގައި ހިމެނިފައިވާ ރަށްރަށުން (ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ނ. ވެލިދޫ، ބ. އޭދަފުށި، ބ. ތުޅައިދޫ، ކ. ތުލުސްދޫ، ދ. މީދޫ) ދޫކުރެވޭ ބިންތަކާބެހޭ މަޢުލޫމާތާއި ޕްރޮޕޯޒަލް ހުށަހަޅަންވީގޮތާއި މިކަމަށް ތައްޔާރުކުރެވިފައިވާ ފޯމާއި، އަދި މިނޫންވެސް އިތުރު މަޢުލޫމާތު، 2016 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓުން (www.housing.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، އާމްދަނީ ލިބޭނޭ ވަސީލަތެއްގެ ގޮތުގައި، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ބޭނުންކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 02:00 ގެ ކުރިން (ރަސްމީ ގަޑީގައި) ޕްރޮޕޯޒަލް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާނީ  ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި "ބިންވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން، ރަށްރަށުން ދޫކުރާ ބިން ހޯދުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަތުމަށްފަހު، ބަލައިގެންފައިވާކަން އެނގޭނޭ ލިޔުމެއް ދޫކުރެވޭނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން (2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 02:00 ގެ ފަހުން) ގެންނަ ޕްރޮޕޯޒަލްތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި މިނިސްޓްރީން ދޫކުރާ ފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯޒަލްތައް ބާޠިލު ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004112 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 112 އާ، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

18 ފެބުރުވަރީ 2016
ހޯދާ