ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

މަގާމު

ޑިރެކްޓަރ ޖެނަރަލް

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ 

ރޭންކް:EX 5

މުސާރަ

މަހަކު -/13890 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސްޓޭކް ހޯލްޑަރ ރިލޭޝަންސް

އެހެނިހެން އެލަވަންސާއި އުޖޫރަ   

1- އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 .

2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

3- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ހިންގުމަށް ބޭނުންވާ ކަންތައްތައް ސަރުކާރުގެ ސިޔާސަތާއި ޕްރޮސީޖަރތަކާ އެއްގޮތަށް އިންތިޒާމުކޮށް، އެޖެންސީގެ ސީ.އީ.އޯގެ އިރުޝާދާއި ލަފާގެމަތިން ހިންގާ ބެލެހެއްޓުން (މީގެތެރޭގައި ތިރީގައިވާ އެންމެހައި މަސައްކަތްތައް ހިމެނޭގޮތަށް).
  2. ސިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމުގެ ގަވާއިތުދަތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި، ތަންފީޒުކުރުން.
  3. ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމް ހަރުދަނާކޮށް، އެކަމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅައި، މި ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމާއި ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށްގެނެސް އެފަދަ ފަރާތްތަކާއި މަޝްވަރާކޮށް މިސިޔާސަތު ދެމެހެއްޓުމަށް މަސައްކަތްކުރުމާއި މޮނިޓަރކުރުން.
  4. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ، މަޤުޞަދުތައް ހާސިލުކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަނެ، ނަތީޖާ ހާސިލުކުރަމުންދާ މިންވަރު ބެލުން.
  5. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތަކަށް ކަނޑައެޅޭ ބަޖެޓް ބޭނުން ކުރެވެމުންދާ ގޮތް ބެލުން.
  6. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި މިއެޖެންސީގެ ދަށުން އެގްރިމެންޓް ކުރެވިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފާއާއި އެހީ ހޯދުމާއި، އެފަދަ ޖަމްޢިއްޔާތަކާއެކު ގުޅުން ބަދަހިކުރުން.
  7. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތަކާ ގުޅުންހުރި ރާއްޖެ ބައިވެރިވާ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން އަދި އިޞްލާޙު ގެންނަންޖެހޭ ކަންތައްތައް އިޞްލާހުކުރުން.
  8. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް އެމުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި ޕަރފޯމަންސް އެޕްރައިޒް ކުރުމުގެ ކަންތައް ހަމަޖެހިފައިވާ އުސޫލުން ހިންގައި ބެލެހެއްޓުން.
  9. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި މި އެޖެންސީގެ ދަށުން އެގްރިމެންޓް ކުރެވިގެން ރައްތިޔުންނަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ދެވޭ ޚިދުމަތްތައް، ބަލައި މޮނިޓަރކޮށް އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން އަދި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި، ގަވާއިދުން ފިޔަވަޅުއެޅުން.
  10. މި އެޖެންސީއާ ގުޅުންހުރި ހުރިހާ ދާއިރާތަކުން ތަފާސްހިސާބު އެއްކޮށް ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުން އަދި ދާއިރާގެ މަސައްކަތްތަކާގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނއަޅައި، ޑޭޓާބޭސްތައް ޤާއިމުކޮށް ތަފާސްހިސާބުތައް ބަލަހައްޓާ އެނަލައިޒްކޮށް މަޢުލޫމާތު ފެތުރުމުގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން.
  11. ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭން ބޭރުގައި ބާއްވާ ބައްދަލުވުންތަކާއި ސެމިނަރ އަދި ތަމްރީނު ޕްރޮގްރާމުތަކުގައި އެޖެންސީގެ ފަރާތުން ބައިވެރިވުމަށް ކުރަންޖެހޭ ކަންތައްތައް ވިލަރެސްކޮށް މުޢާމަލާތުތައް ބަދަލުކުރުމާއި ހިންގުން.
  12. ސަރުކާރުގެ ސިއްޙީ އަދި ޢިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން.
  13. އެކިއެކި ޕްރޮޖެކްޓްތަކާއި، ސަރުކާރުން ކޮންމެ އަހަރަކުވެސް އޭޖެންސީގެ ހަރަކާތްތައް ހިންގުމަށް ލިބިފައިވާ ބަޖެޓްގެ ދަށުން ރޭވޭ ޕްރޮގްރާމުތައް ހިނގާތޯ ބަލައި، ސަރުކާރުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޚަރަދުތައް ކުރުން.
  14. މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތަކާ ގުޅޭތޮން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ ކަންކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ

- ސޯޝަލް ޕްރޮޓެކްޝަން، އިކޮނޮމިކްސް ނުވަތަ ސޯޝިއޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ސިވިލްސަރވިސްގެ ދާއިރާގައި 7 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސޯޝަލް ޕްރޮޓެކްޝަން، އިކޮނޮމިކްސް ނުވަތަ ސޯޝިއޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ސިވިލްސަރވިސްގެ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސޯޝަލް ޕްރޮޓެކްޝަން، އިކޮނޮމިކްސް ނުވަތަ ސޯޝިއޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ސިވިލްސަރވިސްގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މިގޮތުން ތިރީގައިވާ މަސައްކަތްތަކުގެ ތަޖުރިބާ ހިމެނިފައި ވާންވާނެއެވެ.

  1. އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމް) ތަރައްޤީ ކުރުމާއި، ބެލެހެއްޓުމާއި މޮނިޓަރ ކުރުމުގެ ހުނަރާއި ތަޖުރިބާ.
  2. އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތަކާއި މަޝްރޫޢުތައް ރާވައި ހިންގުމުގެ ހުނަރާއި ތަޖުރިބާ.
  3. އިޖުތިމާޢީ ރައްކާތެރިކަމާއި ގުޅޭ އެކިއެކި ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އަހުލުވެރިފައިވުމާއި، ރާއްޖެ ބައިވެރިވާ މިފަދަ މުޢާހަދާތަކާއި، އެއްބަސްވުންތަކާއި ގުޅިގެން ރިޕޯޓުކުރުމުގެ ހުނަރާއި އެމަސައްކަތް ރާވައި ހިންގުމުގެ ތަޖުރިބާ.
  4. އިޖުތިމާޢީ ރައްކާތެރިކަމާއި، ސިއްޙީ ފަރުވާގެ ޚަރަދު ހަމަޖައްސާ ދިނުމުގެ ޤައުމީ ނިޒާމާއި ގުޅުން ހުރި ތަފާސްހިސާބު އެއްކޮށް ރިޕޯޓްތައް ތައްޔާރުކުރުމެގެ މަސައްކަތްތައް ރާވައި ހިންގުމުގެ ހުނަރާއި ތަޖުރިބާ.
  5. އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކާއި މަސައްކަތްތަކުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކާއި ޕަބްލިކް ރިލޭޝަންސް ޕްރޮގްރާމްތައް ރާވައި ހިންގުމުގެ ހުނަރާއި ތަޖުރިބާ.
  6. އިޖުތިމާޢީ ރައްކާތެރިކަމާއި، ސިއްޙީ ފަރުވާގެ ޚަރަދު ހަމަޖައްސާ ދިނުމުގެ ޤައުމީ ނިޒާމާއި ގުޅުން ހުރި މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް، އެމުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި މަސައްކަތްތައް ހިންގުމުގެ ހުނަރާއި ތަޖުރިބާ.
  • ރައްޖެއާއި ރައްޖެއިންބޭރުގެ ސިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނުނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ސިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކޭޝަންސް އަދި ޝޯޓް ޓަރމް ޓްރެއިންގ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޤާމް :ހެޑް އޮފް ބިއުރޯ
ބޭނުންވާ އަދަދު :1

މަގާމު

ހެޑް އޮފް ބިއުރޯ  

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ 

މުސާރަ

ދެފަރާތް އެތްބަސްވާގޮތުގެމަތިން

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

އެގްޒެކްޓިވް ބިއުރޯ އެންޑް ބޯޑް ސެކްރެޓޭރިއަޓް

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

01 އަހަރު  (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީން އިތުރަށް ބޭނުންވާނަމަ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ރަސްމީ ބައްދުނޫން ދުވަސްތަކުގައި މަދުވެގެން 7 ގަޑިއިރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސީއީއޯ ބައިވެރިވާ ރާއްޖެއިންބޭރުގެ ޖަލްސާތަކާއި ރާއްޖޭގެ ޖަލްސާތަކަށް ތައްޔާރު ކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރު ކުރުމާއި ބެލެހެއްޓުން.
  2. އޮފީހުގެ ބޯޑް މީޓިންގތަކަށް ތައްޔާރުކުރަންޖެހޭ އެޖެންޑާ އައިޓަމުތައް ތައްޔާރުކުރުމާއި ޑޮކިއުމަންޓްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  3. މީޓިންގތައް ކޯޑިނޭޓް ކުރުމާއި މީޓިންގތަކުން ނިންމާ ނިންމުންތައް ޑޮކިއުމަންޓް ކުރުމަގެ މަސައްކަތް ބެލެހެއްޓުން.
  4. އޮފީހުން ހިންގާ ޕްރޮގްރާމްތަކާ ގުޅިގެން ސީއީއޯ ނިންމާ ނިންމުންތަކުގެ ޑޮކިއުމަންޓުތައް ތައްޔާރުކޮށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ހިއްސާކުރުން.
  5. ސީއީއޯގެ މީޓިންގތަކުގައި ނިންމަވާ ކަންކަމުގެ ފޮލޯއަޕް ރިޕޯޓުތައް ތައްޔާރުކުރުން.
  6. މިނިސްޓްރީއަށް ނުވަތަ މިނިސްޓަރަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުމާއި ފޮނުވުން.
  7. ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ލިޔަންޖެހޭ އެންމެހައި ކަމާބެހޭ ލިޔުންތައް ސީއިއޯގެ އިރުޝާދުގެ މަތިން ތައްޔާރުކުރުން.
  8. ސީއީއޯގެ އެޕޮއިންޓްމަންޓްތަކާ ގުޅިގެން ނިންމަވާ ކަންކަން ކަމާބެހޭ ސެކްޝަންތަކަށް އެންގުމާއި އެކަންކަން ހިނގަމުންދާ ގޮތް ބެލުން.
  9. ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމާއި މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރުން.
  10. އޮފީހުގެ ރަސްމީ މަސައްތައްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމް :ޑިރެކެްޓަރ
ބޭނުންވާ އަދަދު :1

މަގާމު

ޑިރެކްޓަރ

ބޭނުންވާ ޢަދަދު

01

ޑިރެކްޓަރ

ރޭންކް:EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސްޓޭކް ހޯލްޑަރ ރިލޭޝަންސް

އެހެނިހެން އެލަވަންސާއި އުޖޫރަ   

1- އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 .

2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ކަންތައްތައް ޙައްލުކުރުމާއި މުވައްޒަފުންގެ އެޕަރައިޒަލް ހެދުން

2- އޮފީހުން ޚިދްމަތް ހޯދުމަށް ގުޅާ ފަރާތްތަކަށް ޖަވާބުދާރީވެވޭނެ މަގު ފަހިކޮށް ކޯލް ސެންޓަރުގެ އެންމެހައި ކަންކަން ހިނގާނުހިގާ ގޮތް ބަލާ އެކަންކަން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކޯލްސެންޓަރު މުވައްޒަފުން މެދުވެރިކޮށް ކުރުން

3- އޮފީހުން ޚިދުމަތް ހޯދުމަށް ކައުންޓަރަށް އަންނަ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ޚިދްމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރޭތޯ ސުޕަވައިޒް ކުރުން

4- އޮފީހުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޕަބްލިކް ރިލޭޝަންސްގެ އަމަލީ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެހައި ކަންކަން އޮފީސް ހިންގެވުމާ ޙަވާލުވެ ހުރި އެންމެ އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން

5- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މީޑިޔާ ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.nspa.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)  އަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މާރިޗު މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭނީ ތައުލީމާއި ތަޖުރިބާގެ ހުރިހާ ކަންތައްތަކެއް ފުރިހަމަވެފައިވާ ފަރާތެވެ.

އިތުރު މަޢުލޫމާތު

  • މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3005323 އެވެ.
18 ފެބުރުވަރީ 2016
ހޯދާ