ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު:

އިޢުލާން

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ހޯދުން:

ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިކަމަށްއެދި މި އެސޯސިއޭޝަނަށް ސިޓީ ހުށަހެޅުން އެދެމެވެ.

 • މަޤާމް: ކޯޗް، ވަގުތީ (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) 
 • ބޭނުންވާ އަދަދު: 3 (ތިނެއް)
 • މުސާރަ: -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)
 • މަސައްކަތް ކުރަންޖެހޭ ތަން: މާލެ
 • މުއްދަތު: 6 މަސްދުވަސް
 • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަހު، ދުވާލަކު 2 ގަޑިއިރު (ހެނދުނު 06:00 އިން 07:00 އަށް އަދި ހަވީރު 05:00 އިން 06:00 އަށް)

މިނިމަމް ފެންވަރު ނުވަތަ ޝަރުޠު:

 • ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަކޮށްފައިވުން.
 • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި، ވާހަކަދައްކަން އެނގުން.
 • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
 • ސްވިމިންގ ކޯޗިންގ ދާއިރާގައި ހަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރުން.
 • އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
 • ވަގުތަށް ޙުރުމަތްތެރިކޮށްހިތާ މީހަކުކަމުގައިވުން.
 • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުނގަންނައިދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

 • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ޤާއިމްކޮށްދިނުން.
 • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ސިޓީއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

 • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް.
 • އައިޑެންޓިޓީ ކާޑުގެ ކޮޕީ.
 • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

ނޯޓް: ޕަރފޯމަންސަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

9 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016
ހޯދާ