މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރެޕިޑް އެސެސްމެންޓް އޮފް އެވޮއިޑަބަލް ބްލައިންޑްނަސް ސާރވޭ

އިޢުލާން

މި އެޖެންސީއާއި އިންޓަނޭޝަނަލް އެޖެންސީ ފޯރ ޕްރިވެންޝަން އޮފް ބްލައިންޑުނަސްއާ ގުޅިގެން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ރެޕިޑު އެސެސްމަންޓު އޮފް އެވޮއިޑަބަލް ބްލައިންޑްނެސް (RAAB) ސާރވޭގެ ނަމުގައި، އުމުރުން 50 އަހަރުން މަތީގެ މީހުންގެ ލޮލުގެ މައްސަލަތައް ހުރި މިންވަރު ދެނެގަތުމަށްޓަކައި 14 ފެބުރުވަރީ 2016 އިން ފެށިގެން އޭޕްރިލް 2016 ގެ ނިޔަލަށް ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ސާރވޭ ކުރަމުންދާ މުއްދަތުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން މި އެޖެންސީއަށް ބޭނުންވާ ވާހަކަ ދެންނެވީމެވެ.

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016
ހޯދާ