ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް މިރަށުން ބިން ދޫކުރުން

އިޢުލާން

ތެލުގެ ވިޔަފާރިކުރުމަށް މިރަށުން ބިން ދޫކުރުން

ތެލުގެ ވިޔަފާރިކުރުމަށް މިރަށު ބަނދަރު ސަރަހައްދުން 2000 އަކަފޫޓުގެ 2 ބިން ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

ވީމާ، ތެލުގެ ވިޔަފާރިކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.

ބިޑު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު:

އަގު

ޕްރޮޕޯޒަލް

ތަޖުރިބާ

ޖުމްލަ ޕޮއިންޓް

60

25

15

100

ބިޑު ކާމިޔާބުކުރާ ފަރާތަކީ މި އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލުކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ