ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޝޯރޫމުގެ ގުދަނުގެ އިންޓީރިއަރއަށް ބަދަލުތަކެއް ގެނައުމާ ގުޅޭ
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އައްޑޫ ޝޯރޫމްގެ ގުދަނުގެ އިންޓީރިއަރއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/114 (26 ނޮވެންބަރު 2015) އިޢުލާނަށް ވަނީ އެކަށީގެންވާ ތަރުޙީބެއް ނުލިބިފައެވެ. އަދި އެ ފުރުޞަތު ދެވަނަފަހަރަށް ހުޅުވާލައި ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2016/002 (21 ޖަނަވަރީ 2016) އިޢުލާނަށްވެސް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ސ. ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ސ. ހިތަދޫ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލާމަތަށްޓަކައި ދެންނެވީމެވެ.
06 ޖުމާދަލްއޫލާ 1437