މަތިވެރި ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓަރ 

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 3

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:

އއ. މަތިވެރި ސްކޫލް

މުސާރަ:

-/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ސްކޫލުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންތައްތައް ރާވައި، ހިންގައި، ބެލެހެއްޓުން.
  2.  ސްކޫލުގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން، މާލިއްޔަތު ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރާވައި، ހިންގައި، ބެލެހެއްޓުން.
  3. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ސްކޫލުގެ މަރާމާތާގުޅޭ އެންމެހައި ކަންތައްތައް ރާވައި، ހިންގައި، ބެލެހެއްޓުން.
  4. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ސްކޫލުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަން، ސިވިލް ސަރވިސްގެ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ހިންގައި ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.
  • އުމުރުން 55 އަހަރު ނުވާ މީހަކަށްވުން.
  • މަސައްކަތު ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއުއާއި  ޕްރެކްޓިކަލްސް  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 66600816 ނަންބަރު ފޯނާއެވެ.

1 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ