ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ރާބިޠަތުލްޢާލަމިލް އިސްލާމީން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރު ބާއްވާ ތުއްތުކުދިންގެ ބައިނަލްއަޤުވާމީ ޙާފިޡުންގެ ޤުރްއާން މުބާރާތުގައި ބައިވެރިވާނެ ބައިވެރިޔަކު ހޮވުމަށް ކުރެވުނު ނަންބަރު: (IUL)160-A/1/2016/16 ( 08 ޖަނަވަރީ 2016 ) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުއާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މުޅި ޤުރްއާން ހިތުދަސް، އުމުރުން 10 އަހަރު ނުފުރޭ ކުދިންނަށެވެ.

ވީމާ، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކާއެކު އައިޑީކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

01  ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ