ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ލ.ހިތަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާގެ ނަންބަރު: IUL)404-ESMS/404/2016/2)ފ(19 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ލ.ހިތަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް އެޅުމަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު އެކަމަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެ އަންދާސީހިސާބުތައް ބާޠިލު ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމަތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއާއި، އައި.ޑީ.ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ