ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖެނެރަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: ޖެނެރަލް މެނޭޖަރ

މުސާރަ: -/15420 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ބޭނުން ހިފޭ ވަރާއި ލިބޭ އާމްދަނީ އިތުރުކޮށް، ކްރިކެޓާއި އެހެނިހެން ހަރަކާތްތައް ރަނގަޅަށް ހިނގަމުންދޭތޯ ބެލުމާއި، ބްރޭކް-އީވަން އެއްގައި ހަރަކާތްތައް ހިނގާތޯ ބަލައި ޔަގީންކުރުން.
  2. ލީޑް ކޯޗުންނާ ގުޅިގެން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޖާގައާއި ވަގުތު ބޭނުންކުރެވޭނޭ އެންމެ ރަނގަޅު ގޮތްތައް ބަލައި، އެ ގޮތްތައް ހާސިލުކުރުމާއެކު، ބޯޑުގެ ފައިނޭންޝަލް ޓާގެޓުތައް ކާމިޔާބުކަމާއެކު ހާސިލުކުރުން.
  3. އޭ.ސީ.ސީ/އައި.ސީ.ސީ/އެމް.ވައި.އެސް އަދި އެހެނިހެން ޓެނަންޓުންގެ މައިގަނޑު ކޮންޓެކްޓް ޕޮއިންޓްގެ ރޯލު އަދާކުރުން.
  4. ޖޫނިއަރ އޭޖް ގްރޫޕް ބޭނުންކުރުމަށާއި ރިކްރިއޭޝަން ހަރަކާތްތައް 2016-2017 ގައި މި ބޯޑުގައި ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދޭތޯ ބަލައި، އެ މަސައްކަތްތައް ނިންމޭނެކަން ޔަގީންކުރުން.
  5. ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮގުރާމުތަކަށް ހުރުހާ ފަރާތްތަކުން ލިބޭ އެހީތައް އިތުރުކޮށް ވަރުގަދަކުރުން.
  6. ކޯޗިންގ ޕްރޮގުރާމުތަކަށާއި ހަރަކާތްތަކަށް އެހީތެރިކަން ދިނުން.
  7. ތަނުގެ ސާފުތާހިރު ކަމާއި، މެއިންޓެނަންސް އަދި މާހައުލުގެ ރައްކާތެރިކަން ރަނގަޅުކޮށް، ވަރުގަދަ މިނެއްގައި ހިފެހެއްޓުން.
  8. ކޮންމެ އަހަރެއްގެ ކެޕިޓަލް އަދި ރެވެނިއު ބަޖެޓު ތައްޔާރުކޮށް، ދިގު މުއްދަތުގެ ޕްލޭންތައް ހަދައި ރޭވުން.
  9. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންތައްތައް މެނޭޖްކޮށް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް:

ވަޒީފާއަށް އެދޭ ފަރާތަކީ ކްލަބްގެ ކްރިކެޓް އަދި ކޮމިއުނިޓީ ސްޓެރެޓެޖީތަކަށް ފަރިތަ، އަދި ތަނުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ ރަނގަޅު މަޢުލޫމާތު ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މިފަދަ ފެސިލިޓީތައް ހިންގުމާއި، ތަނެއްގެ ބަޖެޓު މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި އެ ފަރާތަކީ އެންމެ ދަށްވެގެން ލެވެލް 2 ގެ ކްރިކެޓް ކޯޗް ސެޓުފިކެޓު ހާސިލުކޮށްފައިވާ، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުގައި މަދުވެގެން 5 އަހަރު ކުޅެފައިވާ މީހެއްކަމުގައި ވާން ވާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރިކްރިއޭޝަން ކްލަބް އަދި ސްކޫލް ކްރިކެޓްގެ މަޢުލޫމާތުތައް ރަނގަޅަށް ދަންނަ، އަދި އެހެނިހެން ޕްރޮފެޝަނަލް ކްރިކެޓާ ބެހޭ ކޮންޓެކްޓް ނެޓްވާރކެއް ހަރުދަނާކުރެވިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ކުރިން، ވަޒިފާއަށް އެދޭ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ތަރީގައިވާ ފަރާތަށް އެޑްރެސްކޮށް ފޮނުއްވުން އެދެމެވެ.

     އަހުމަދު ޙަސަން ދީދީ

     ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް

އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ފޮނުއްވުން އެދެމެވެ.

10 ފެބުރުވަރީ 2016
ހޯދާ