މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗް ހުޅުވުމާ ގުޅިގެން އެސަރަހައްދު ގެ ވަކި ހިސާބެއްގައި ފައިމަގުގައި އުޅުމާ ބެހޭ

އިޢުލާން

މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ ހެދިގޮނޑުދޮށް ރަސްމީކޮށް ހުޅުވުމާ ގުޅިގެން ހެދިގޮނޑުދޮށު ސަރަހައްދުގެ ބޮޑު ތަކުރުފާނުމަގުގައި (މަޖީދީމަގުން ފެށިގެން ތާޖުއްދީން ހިނގުމާ ދެމެދު) ތިރީގައި ބަޔާންކޮށްފައިވާ ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކަމުގައި ހަމަޖައްސައި، އެކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

  • ކޮންމެ ދުވަހަކު 05:30 އިން 06:30 އަށް އަދި 18:00 އިން 22:00 އަށް
  • ހަފުތާ ބަންދުދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި، 05:30 އިން 10:00 އަށް

މީގެ އިތުރުން މިދެންނެވި ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސްޕީޑް ލިމިޓަކީ ގަޑިއަކު 15 ކިލޯމީޓަރު ކަމުގައި ހަމަޖައްސައިފީމެވެ.

09 ފެބުރުވަރީ 2016
ހޯދާ