ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އީ. އެކްސް. 2

މަސައްކަތްކުރަންޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ސެކްޝަން:

އައި. ޓީ

އަސާސީ މުސާރަ:

-/9،890 ރުފިޔާ

އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު،  މަގާމުގެ މަސައްކަތާ ގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީ ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު/ޤާބިލްކަން  އިންޓަވިއުގައި  ސާބިތުކޮށްދިނުމާއެކު،  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އީ. އެކްސް. 1 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ޑިޕާޓްމަންޓާއި ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ޝަރުޢީ ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމުގެ މަސައްކަތް ރާވަރ ވިލަރެސްކޮށް ސުޕަވައިޒްކުރުން.
  • ޑިޕާޓްމަންޓާއި ޑިޕާޓްމަންޓުގެ ބެލުމުގެދަށުން ޝަރުޢީ ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
  • އައި.ޓީއާގުޅޭ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި، މިކަންތައް ހިންގައި ބެލެހެއްޓުން.
  • ވީ.ޕީ.އެން އާއި އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ސިސްޓަމްގެ އެހީގައި އަތޮޅުތަކުގެ ކޯޓުތަކާއި، މާލޭގައި ޤާއިމްކުރެވިފައިވާ ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް ގުޅައިލުމާއި، އެ ނެޓްވޯރކް މެއިންޓެއިންކޮށް ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގެ ނެޓްވޯރކްތަކާއި އިންފޮމޭޝަން ސިސްޓަމްތަކުގެ ފެއިލް އޯވަރ ޤާއިމްކޮށް މެއިންޓެއިންކުރުން.
  • ޝަރުޢީ ދާއިރާގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އާބެހޭ ޕޮލިސީ އެކުލަވާލައި ތަންފީޒުކުރުމާއި ރިވިއުކުރުން.
  • ޝަރުޢީ ދާއިރާގެ އެންމެހައި ނެޓްވާރކްތައް މޮނިޓަރކުރުމަށް އިންޓްރޫޝަން ޑިޓެކްޝަން ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމާއި، ޝަރުޢީ ދާއިރާގެ އެންމެހައި ނެޓްވާރކްތަކަށް ބޭރުންނާއި އެތެރެއިން އެއްވެސް ތްރެޓެއް ކުރިމަތިވޭތޯ މޮނިޓަރކޮށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  • ޝަރުޢީ ދާއިރާގެ ނެޓްވޯރކްތަކުގެ ތެރެއިން ޑިޕާޓްމަންޓުން ބަލަހައްޓާ ނެޓްވޯކްތަކުގެ ޑައިގްރާމްތައް ތައްޔާރުކޮށް، ގެނެވޭ ބަދަލުތައް ލިޔެކިޔުމުން އެނގޭނެހެން ބެލެހެއްޓުން.
  • ނެޓްވޯކް އިކްއިޕްމެންޓްތަކުގެ ރަނިން ކޮންފިގަރޭޝަންތަކުގެ ޕްރޮސީޖަރއާއި މެނުއަލް ތައްޔާރުކުރުން (އެއްވެސް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މި ޕްރޮސީޖަރއަށް ފޮލޯކުރުމުން ކުރިންހުރި ރަނިންގ ކޮންފިގަރޭޝަނަށް ސިސްޓަމް އަންނަންވާނެގޮތުގެ މެނުއަލް)
  • ޝަރުޢީ ދާއިރާގެ އެންމެހައި ނެޓްވަރކް ޑިވައިސްތަކާއި ފަޔަރވޯލްތައް ބެލެހެއްޓުން.
  • ނެޓްވޯކް ޑިވައިސްއާއި، އިކްއިޕްމެންޓްސްތަކުގެ ފާމްވެއަރ އަޕްޑޭޓްކޮށް، ބޭނުންކުރާ ޑިވައިސްތަކުގެ އިންވެންޓްރީއެއް ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގެ ނެޓްވާރކް އެކްސެސް ލޮގްސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އީ-ގަވަރމެންޓްގެ ޔޫޒަރސްތައް މެނޭޖްކުރުން.
  • ޑިޕާޓްމަންޓާއި ޑިޕާޓްމަންޓުން ބަލަހައްޓާ އެންމެހައި ތަންތާނގެ ނެޓްވާރކް އެޅުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ސުޕީރިއަރ ކޯޓުތަކަށާއި މާލޭގައި ޤާއިމްކޮށްފައިވާ ކޯޓުތަކަށް ބޭނުންވާ އައި.ޓީ.ސަޕޯޓް ފޯރުކޮށްދިނުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ޝަރުޢީ ދާއިރާގެ އައިޓީ ނެޓްވާކާއި އައިޓީއާގުޅޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި މަޤާމުގައިވީ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3006280 ނަންބަރު ފޯނަށް ނުވަތަ 3006217 ނަންބަރު ފޯނަށެެވެ.  
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެއެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ޓީމް ލީޑަރެއްގެގޮތުން މުވައްޒަފުން ގޮވައިގެން އުޅެވޭނެފަދަ ޤާބިލު ފަރާތަކަށްވުން.
  • ނެޓްވާރކް ސެކިއުރިޓީގެ ތަޖުރިބާ ލިބިފައިވާ، މަސައްކަތުގެ މާޙައުލުގައި ނަތީޖާ ދައްކާފައިވާ ފަރާތެއްކަމުގައިވުން.
25 ރަބީޢުލްއާޚިރު 1437
04 ފެބުރުވަރީ 2016
ހޯދާ