މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

މި ކުންފުނިން ހިންގާ، ހުވަދޫ ފެރީ ނިޒާމުގައި ބޭނުންކުރުމަށް ދޯންޏެއް އަމިއްލަ ފަޅުވެރިންނާއެކު 1 އަހަރުދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ ދޯނި، ކުއްޔަށް ހިފުމަށް ހަމަޖެހިފައިވަނީ ދޯނީގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ކެޕޭސިޓީއަށް ކޮންމެ ޝީޓަކަށް މަހަކު -/650 (ހަ ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުންނެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ދޯނީގައި މަދުވެގެން 85 މީހުންގެ ޖާގަ ހުންނަންވާނެއެވެ. އަދި އެ ދޯންޏަކީ ފެރީކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މުއްދަތު ހަމަނުވާ ސަލާމަތީ ސެޓްފިކެޓެއް އޮންނަ ދޯންޏަކަށް ވާންވާނެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ފެރީ ދޯންޏެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މިފްކޯ ހެޑް އޮފީހަށް ނުވަތަ މި ކުންފުނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7466088/9992125 މި ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

08 ފެބުރުވަރީ 2016
ހޯދާ