އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދިނުން

އިޢުލާން

ރައްޔިތުންގެ ރުއްތައް ކުއްޔަށް ދިނުން

މި ރަށުގެ އެކިއެކި ސަރަޙައްދުގައި ހުރި ރައްޔިތުންނަށް ރުއްތައް 2 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވާތީ މި ރުއްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 2016 ފެބުރުވަރީ 10 ވަނަ ދުވަހުން ފެށިގެން 2016 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 18 ވަނަ ދުވަހު 13:00 މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ އަގުތައް ބެލުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މީގެ އިތުރުން އަގު ހުށަހެޅުއްވުމުގެ ފުރުޞަޠު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016
ހޯދާ