ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކެމެރާމަން ޓްރޭނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ކެމެރާމަން ޓްރޭނީ

މުސާރަ އާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

ބޭނުންވާ އަދަދު:

5 (ފަހެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޕްރޮގްރާމް ޓީވީ

މަޤާމުގެ ޝަރުޠު:

ޖީ. ސީ. އީ.  އޯލެވެލް  އިމްތިޙާނުން  2 (ދޭއް)  މާއްދާއިން  ފާސްވެފައިވުމާއެކު،  މަޤާމާ  ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެމެރާ އޮޕަރޭޓްކުރުމުގެ ކަންކަން، ވީ އެންމެ ރަނގަޅަކަށް ކުރުން؛
  • ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް މޭކަރ ބޭނުންވާ ވީޑިއޯ މެޓީރިއަލް، ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަސީލަތާއި ހާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން؛
  • ކޮންޓެންޓް މޭކަރގެ ހާޒިރުގައި ނޫން ހާލަތުގައިވެސް، ކޮންޓެންޓް މޭކަރ އެދޭ ވީޑިއޯއެއް ނަގަން ހަވާލުކޮށްފިނަމަ، އެ ވީޑިއޯ މެޓީރިއަލް، ލިބިހުރި ވަސީލަތާއި ހާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން؛
  • ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑުކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަށް ނެގުން؛
  • ޕްރޮގްރާމްތަކާއި، ބޮޑެތި ޕްރޮޑަކްޝަންތަކާއި، އެކިއެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރުކުރުމާއި ލައިވްކުރުންފަދަ ކަންކަމުގެ ޕްރީ ޕްލޭނިންގ މަރުޙަލާގައި، ކޮންޓެންޓް މޭކަރ އެދިއްޖެ ހާލަތެއްގައި ފަންނީގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ލިބިދީ، ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ޓީމްވާރކް ވީ އެންމެ ރަނގަޅަށް ދެމެހެއްޓުން؛ 
  • ކެމެރާއަށް ނެގޭ މަންޒަރުތަކަކީ، އެ މަންޒަރެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ އަދި އުފެއްދުންތެރި އެއްޗަކަށް ހެދުމަށް، ކޮންޓެންޓް މޭކަރގެ ލަފައާއި އިރުޝާދާއެކު ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރުން؛
  • ލައިޓް ހަދާނެ ވަކިމީހަކު ނެތި، ކެމެރާކުރަން ހަވާލުކުރެވޭ ހާލަތުތަކުގައި، ލައިޓް ހަދައިގެން ކެމެރާކުރަން ޖެހިއްޖެނަމަ، ވީ އެންމެ ރަނގަޅަކަށް އެކަން ކުރުން؛
  • އޯޑިއޯގެ ކަންކަމަށް ވަކިމީހަކު ހަމަޖައްސައިފައި ނެތި އަޑުނަގާގޮތަށް ކެމެރާކުރަންޖެހޭ ކޮންމެ ހާލަތެއްގައި، ވީ އެންމެ ރަނގަޅަކަށް އޯޑިއޯ ނެގުން؛
  • ކެމެރާކުރުމުގެ ބޭނުމަށް އޮޕަރޭޓްކުރަންޖެހޭ އެހެން އެއްޗެހި އޮޕަރޭޓްކުރަން ހަވާލުކުރެވޭ ހާލަތުގައި އެކަންކަން ކުރުން؛
  • ކޮންޓެންޓް އުފެއްދުމުގެ ބޭނުމަށް ނުވަތަ ވަގުތުން ގެނެސްދިނުމަށް ނެގޭ ކޮންމެ މަންޒަރަކީ، ކެމެރާކުރުމުގެ ފަންނީ އަދި ޢިލްމީ މިންގަނޑުގެ ތެރޭގައި ނެގޭ (އެކަށީގެންވާ އެންމެ ރަނގަޅު ތަނުގައި އެންމެ ރަނގަޅަށް ކެމެރާ ބަހައްޓައިގެން، އެންމެ ރަނގަޅު އެންގަލުން، އެންމެ ކަމުދާ ފްރޭމުގައި އެންމެ ސާފުކޮށް ޝޮޓް ނެގުމަށް އިސްކަންދީގެން) ވީޑިއޯއަށް ހެދުން.
  • ތަފާތު ތަންތާނގައި ތަފާތު ހާލަތުތަކުގައި، ކެމެރާއާއި ކެމެރާކުރުމަށް ބޭނުންކުރާ އެންމެހައި ތަކެތި (ކެމެރާމަންގެ ބެލުމުގެ ދަށުގައިވާ ކޮންމެ ވަގުތަކު) އެންމެ ރައްކާތެރިގޮތުގައި އުފުލުމާއި ގެންގުޅުމާއި ބެލެހެއްޓުން،
  • ކެމެރާއާއި ކެމެރާކުރުމުގައި ބޭނުންކުރާ އެހެން އެއްޗިހި ހަލާކުނުވެ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި އާންމު އުޞޫލެއްގެގޮތުން ކެމެރާމަނަށް ކުރެވެންހުރި އަދި މަނާކުރެވިފައިނުވާ ކަންކަން ކުރުން؛
  • ކެމެރާއާއި ކެމެރާކުރުމަށް ބޭނުންވާ އެއްވެސް އެއްޗެއް ބޭނުންކުރުމުގެ ތެރޭގައި ނުވަތަ ތިމާގެ ބެލުމުގެ ދަށުގައި ހުރި ވަގުތެއްގައި ހަލާކުވެއްޖެނަމަ، ނުވަތަ ގެއްލުމެއް ވެއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން  ރިޕޯޓްކުރަންވާ  ފަރާތަކަށް  ރިޕޯޓްކުރުމާއި،  އެކަމެއް  ޙައްލުކުރުމަށް  އެހީތެރިކަމެއް ދޭންޖެހޭ ހާލަތެއްގައި އެ އެހީތެރިކަމެއް ލިބިދިނުން؛
  • އަލަށް ޓީމާ ގުޅޭ ކެމެރާމަނުންނާއި ފަންނީ ޤާބިލްކަމުގެގޮތުން ތިމާގެ އެހީތެރިކަން ލިބިދެވިދާނެ ކެމެރާމަނުންނަށް ތަމްރީންދީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބިދިނުމާއި ކޯޕަރޭޝަނުން އެދިއްޖެ ހާލަތެއްގައި، ކޯޕަރޭޝަނުން އެދޭ ބަޔަކަށް މި ރޮނގުން ކިޔަވައިދިނުން؛
  • ވަޒީފާއާ ގުޅޭގޮތުން ހަވާލުކުރެވޭ ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްކުރުން؛
  • ކޯޕަރޭޝަނުން   ޚާއްޞަ   ހާލަތެއްގައި،   ކޯޕަރޭޝަންގެ   ވެރިން   ހަވާލުކުރައްވާ   އެހެން ކަންކަން، އެ ހާލަތެއް ނިނުމަކަށް އަންނަންދެން ކުރުން. 

ވަޒީފާ އަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި   މަގާމަށް   އެދޭ   ފަރާތްތަކުން،   2016   ފެބުރުވަރީ   14   ވަނަ   ދުވަހުގެ   15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ