ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވެއް ބޭނުންވެއްޖެ

މަޤާމް :އެސިސްޓަންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް ސޭލްސް ރެޕްރެޒެންޓޭޓިވް (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

ޢަދަދު: 01

އަސާސީ މުސާރަ: -/3380 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސް.ޓީ.އޯ ކޮންސްޓްރަކްޝަން (158  ނަންބަރު ފިހާރަ)

 އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1900 ރުފިޔާއާއި -/2900 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ.

*  އިތުރުގަޑީގައްޔާއި، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ޕެންޝަން

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* މެޑިކަލް އިންޝުއަރެންސް (ޕްްރޮބޭޝަނަށްފަހު)

 މަޤާމުގެ މަސްއޫލިއްޔަތު:

* ކޭޝް ކައުންޓަރުގައި މަސައްކަތް ކުރުން

* ބިލް ނުކުރެވި ހުރި ސޭލްސް އޯޑަރުތައް ބެލުމާއި، ޑެލިވަރީ ކުރުމުގެ ކަންތައްތައް ބެލެހެއްޓުން

* ކަސްޓަމަރުންނާއި މުޢާމަލާތު ކުރުމާއި، ކަސްޓަމަރުންނަށް އެހީތެރިވުން

 ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން

* ގިނަވަގުތު މަސައްކަތުގައި އުޅެވުން

* ކޮމްޕިއުޓަރުން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

* ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގުން

 ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 10 ވާ ބުދަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

 ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:3334433، 3344261   ފެކުސް:  3344341    ވެބްސައިޓު: www.sto.mv

25 ރަބީޢުލްއާޚިރު 1437

 

04 ފެބުރުވަރީ 2016
ހޯދާ