މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑެ ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީ ކުރުމާއި ލައިސެންސް ހޯދުން

އިޢުލާން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ހޯދުން

މި ކައުންސިލްގެ ނަންބަރު (IUL) 23-RBC/23/2015/37 (03 ޑިސެންބަރު 2015) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން، އެ ޤާނޫނަށް ޢަމަލު ކުރުމަށް ފެށުމުގެ ކުރިން ކަމާބެހޭ ކައުންސިލްތަކުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް އެ ފަރާތެއް ނިސްބަތްވާ ކައުންސިލްގައި، އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވުމަށްޓަކައި އަދި އެޤާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށް ހުށަހަޅަން ޖެހެއެވެ.

މިގޮތުން، މިހާތަނަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީ ނުކޮށް އަދި ލައިސަންސް ހޯދުމަށް ހުށަހަޅާފައި ނުވާ، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުން، މި ކައުންސިލްގައި ރަޖިސްޓަރީވުމަށާއި ލައިސަންސް ހޯދުމަށް އެދި ހުށަހެޅުއްވުމަށް ދެންނެވީމެވެ. ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކީ 13 ފެބުރުވަރީ 2016 އެވެ. ރަޖިސްޓަރީ ކުރުމަށާއި ލައިސަންސް ހޯދުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ހުށަނާޅާ ޑޮކްޓަރަކު ދިވެހިރާއްޖޭގައި މަސައްކަތްކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި އެ ކުށުގެ އަދަބު، އެޤާނޫނުގެ 91 އަދި 92 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ