މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ: -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ފައިނޭންސް ޑިވިޜަން، ޕޭމަންޓް އެންޑް ރެވެނިއު ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ ތަންތަނާއި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ބަޖެޓް މެނޭޖްކުރުމުގެ މަސައްކަތް ކުރުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ ތަންތަނާއި، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ކެޕިޓަލް ތަކެތި ހޯދުމަށް ބޭނުންވާ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިޔެ، ހޯދުމުގެ މަސައްކަތް ކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ ތަންތަނާއި، ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ކުރަން ބޭނުންވާ މަރާމާތުގެ މަސައްކަތްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިޔެ، ހޯދުމުގެ މަސައްކަތް ކުރުން.
  4. ތަޢުލީމީ ދާއިރާގެ ތަންތަނުގެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބަޖެޓް ކޮންޓްރޯލްތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމާއި، އަނބުރާ ލިބުމުން އެ ސްކޫލަކަށް ނުވަތަ މަރުކަޒަކަށް ފޮނުވުން.
  5. މިނޫނަސް، އޮފީހުގެ އިސްވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށް ނިންމުން.

މަޤާމުގެ ޝަރުޠު:                                                  

1. އެކައުންޓްސް ނުވަތަ ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މައްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓްސް ނުވަތަ ފައިނޭންސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 17 ފެބުރުވަރީ 2016 އާއި 15 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ. (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 16 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓު:  

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

24 ރަބީޢުލްއާޚިރު 1437 

03 ފެބުރުވަރީ 2016
ހޯދާ