ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސެންޓަރުން ހިންގާ ޑިޕްލޮމާ އިން ޖުޑީޝަލް އެޑްމިނިސްޓަރޭޝަން ކޯހުގެ، ތިރީގައިމިވާ މާއްދާ ކިޔަވައިދިނުމަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ. ކިޔަވައިދިނުން އޮންނާނީ، ކަނޑައެޅޭ ހަފުތާ ބަންދުދުވަސްތަކުގައެވެ. ނަގައިދެވޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް) -/200 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ސިޓީއަކާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، މި ސެންޓަރުގެ އީމެއިލް [email protected] އަށް ފޮނުވައިދިނުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 3345192 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

  1. ކޯޓު މެނޭޖްމަންޓް އެންޑް ކޭސް މެނޭޖްމަންޓް (MGT127)

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ