އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓް އޮފިސަރ (ވަގުތީ) 
ޑިޕާޓްމަންޓް: ކްލެއިމްސް އެންޑް ޕްރޮސެސިންގ ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ފާސްވެފައިވުން.
  • އަދާކޮށްފައިވާ ވަޒީފާތަކާއި، މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި، މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސިބަހާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
  • ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރުން.
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ވަޒީފާގެ ޒިންމާތައް:

  • އާސަންދައިގެ ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު، ސިސްޓަމަށް އެޅުން.
  • ސިސްޓަމަށް އަޅާފައިވާ މަޢުލޫމާތާއި، ހުށަހަޅުއްވާފައިވާ އިންވޮއިސްތަކުގެ މަޢުލޫމާތު ސައްޙަތޯ ބަލައި، މަޢުލޫމާތު ހުރީ ފުރިހަމައަށްތޯ ބަލައި، ފާސްކުރުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 ފެބުރުވަރީ 9 ވާ ދުވަހުގެ 12:00 ގެ ކުރިންނެވެ.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވައިދިނުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3.  ސީވީ
  4. ތަޢުލީމީ ސެޓުފިކެޓު

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރުމަށް:

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: 

ވަޒީފާއަށް އެދޭ ފޯމު ހުށަނާޅައި ނުވަތަ ފުރިހަމަނުވާނަމަ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ