މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް:

  1. ހދ. އަތޮޅު ފިހާރަ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާ
  2. ށ. އަތޮޅު ފިހާރަ އިރުމަތީބައިގެ، (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާގެ ½
  3. ސ. އަތޮޅު ފިހާރަ އިރުމަތީބައިގެ، (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާގެ ½
  4. ތ. އަތޮޅު ފިހާރައިގެ ހުޅަނގުބައި
  5. ބޯޅަ ދަނޑު 6 ނަންބަރު ފިހާރަ
  6. ބޯޅަ ދަނޑު 9 ނަންބަރު ފިހާރަ

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

ފިހާރަ ކުއްޔަށް  ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޯމު ވިއްކުން:

ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑު ފޯމު ވިއްކާނީ 2016 ފެބުރުވަރީ 7އިން 2016 ފެބުރުވަރީ 11 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަ ރުފިޔާ) އެވެ.

ފޯމު ވިއްކާ ގަޑި:

ހެނދުނު 8:30 އިން މެންދުރު ފަހު 13:30އަށް

ބިޑް ހުށަހަޅަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓު ޑިވިޜަން އަށް

ބިޑު ހުށަހަޅާ ތާރީޚު އަދި ގަޑިތައް:

ފިހާރަ

ތާރީޚު

ގަޑި

ހދ. އަތޮޅު ފިހާރަ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާ

15 ފެބުރުވަރީ 2016 (ހޯމަ)

09:00

ށ. އަތޮޅު ފިހާރަ އިރުމަތީބައިގެ ،  (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާގެ ½

15 ފެބުރުވަރީ 2016 (ހޯމަ)

10:00

ސ. އަތޮޅު ފިހާރަ އިރުމަތީބައިގެ ،  (ސިޑިކޮޓަރި) މަތީބައި، ދެކުނުފެންޑާގެ ½

15 ފެބުރުވަރީ 2016 (ހޯމަ)

11:30

ތ. އަތޮޅު ފިހާރައިގެ ހުޅަނގުބައި

16 ފެބުރުވަރީ 2016 (އަންގާރަ)

09:00

ބޯޅަ ދަނޑު 6 ނަންބަރު ފިހާރަ

16 ފެބުރުވަރީ 2016 (އަންގާރަ)

10:00

ބޯޅަ ދަނޑު 9 ނަންބަރު ފިހާރަ

16 ފެބުރުވަރީ 2016 (އަންގާރަ)

11:30

 

 

ބިޑު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ބިޑް ސިކިޔުރިޓީގެ ގޮތުގައި -/50,000 (ފަންސާސް ހާސް) ރުފިޔާ ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކެއް ގަބޫލެއް ނުކުރެވޭނެއެވެ.
  2. ބިޑު ހުށަހަޅާއިރު ބިޑު ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  3. ބިޑު ހުށަހަޅާއިރު ބިޑު ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  4. ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
  6. ބިޑް ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  1. ފިހާރަ ކުއްޔަށް ހިފާ ފަރާތުން، އެ ފިހާރަ ކުއްޔަށް ދިނުމަށް އެގްރިމެންޓް ކުރެވޭއިރު ޑިޕޮސިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކަކަށެވެ.
  1. ކުލި ހުށަހަޅަން ވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަން ހުރި ފެންވަރަށް ބަލާފައެވެ.
03 ފެބުރުވަރީ 2016
ހޯދާ