އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މަޤާމް :ސެކްރެޓަރީ ޖެނެރަލް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

 ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު:

1  (އެކެއް)

މުސާރަ:

މަހަކު -/20،500 ރުފިޔާ (ވިހި ހާސް ފަސް ސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/15،000 ރުފިޔާ (ފަނަރަ ހާސް ރުފިޔާ)

ދައުރުގެ މުއްދަތު:

 5 (ފަހެއް) އަހަރުދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

މަގާމުގެ ރޭންކް:

ސެކްރެޓަރީ ޖެނެރަލް

 

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

1- ޕީއެޗްޑީ ހާސިލުކޮށްފައިވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން  ސައިންސްގެ  ދާއިރާއިން  މާސްޓަރސް  ޑިގްރީ  ހާސިލުކޮށްފައިވުމާއެކު،  ހިންގުމުގެ  ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މާސްޓަރސް  ޑިގްރީ  ހާސިލުކޮށްފައިވުމާއެކު،  ހިޔުމަން  ރިސޯސް  މެނޭޖްމަންޓް  ނުވަތަ  އިންފޮމޭޝަން މެނޭޖްމަންޓް  ނުވަތަ  އިންފޮމޭޝަން  ސައިންސްގެ  ދާއިރާއިން  ބެޗްލާރސް  ޑިގްރީ  ހާސިލުކޮށްފައިވުމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކާން ދަންނަ މީހެއްކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅޭވޭނެ މީހެއްކަމުގައިވުން.

4- އިންފޮމޭޝަން ޓެކްނޮލޮޖީއަށް ލޯހުޅުވިފައިވާ، އެ ދާއިރާއާ ރައްޓެހި މީހެއްކަމުގައިވުން.

  • މަތީގައިވާ ޝަރުޠުތައް ފުރިހަމަވުމާއެކު، ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

 

 

 

މައިގަނޑު މަސްއޫލިއްޔަތު:

  1. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތަކާ އެއްގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގައި ބެލެހެއްޓުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދުދީ ސެކްޝަންތައް ހިނގަމުންދާ ގޮތް ބަލަހައްޓައި މަސައްކަތްތައް ތަރައްޤީކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ކޮމިޝަނަރުގެ ލަފާގެ މަތިން ޕްރޮޖެކްޓްތައް ރާވައި ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ހޯދުން.
  4. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަހަރީ ބަޖެޓް އެކުލަވައިލައި، ބަޖެޓުން ކުރަންޖެހޭ ކަންކަން މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރުން.
  5. އޮފީހުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ލަފާ، ކޮމިޝަނަރަށް ދިނުމަށްޓަކައި އެކި ދިރާސާކޮށް މަސައްކަތްތަށް ތަރައްޤީކުރުމުގެ ލަފާ ކޮމިޝަނަރަށް ދިނުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ،  ވަޒީފާއަށް  އެދޭ  ފޯމު  (ވަޒީފާއަށް  އެދޭ  ފޯމު،  މި  އޮފީހުގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓް www.icom.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.

- ހާސިލުކޮށްފައިވާ ސަނަދުތަކުގެ ތެރެއިން މި މަޤާމަށް ބޭނުންވާ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހައިފައި)

- މަސައްކަތުގެ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މަސައްކަތުގެ ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތަކަކަށެއް ނުބެލޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

 

 

އިތުރު ބަޔާން:

މަތީގައި ބަޔާންވެފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައި ވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެ މީހެއްގެ ޤާބިލުކަމާއި ހުނަރު ސާބިތުކޮށްދިނުމަށްޓަކައި އަންނަނިވިގޮތުގެމަތީން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނެއެވެ.

  • އެ މީހެއްގެ ޤާބިލިއްޔަތު
  • ތަޖުރިބާ
  • މަސައްކަތުގެ ދާއިރާގައި ހާސިލުކޮށްފައިވާ ކާމިޔާބީތައް.
  • ސެކްރެޓަރީ ޖެނެރަލެއްގެގޮތުން އޭނާގެ ތަޞައްވަރު.
  • ދިމާވެދާނެކަމަށް ފެންނަ ދަތި ކަންކަން.
  • ކުރިމަތިވާ އުނދަގޫތައް ޙައްލުކުރާނެ ގޮތްތައް.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ. ބިއްލޫރިޖެހިގެ، މަޖީދީ މަގު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދަން ގުޅާނީ،  3010990 ނަންބަރު ފޯނާއެވެ.

25  ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ